ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-EDS/304/2026/16
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:11
ސުންގަޑި:
11 ފެބުރުވަރީ 2026 13:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޟާން މަހާ ގުޅިގެން ސަރުކާރުން ހަދިޔާ ކުރާ މަސްދަޅު ކޭސް ބެހުމާ ގުޅޭ
1447 ވަނަ އަހަރުގެ ރަމަޟާން މަހާއި ގުޅިގެން ރައްޔިތުންނަށް ހަދިޔާކުރުމަށް ސަރުކާރުން ހަމަޖައްސަވާފައިވާ މަސްދަޅުކޭހުގެ ތެރެއިން، މީހުން ދިރިއުޅޭ ކޮންމެ ދިވެހި ގޭބިސީއަކަށް މަސްކޭހެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މަސްދަޅުކޭސް ދޫކުރުމުގެ އިންތިޒާމް 2026 ފެބްރުއަރީ 11 ވާ ބުދަ ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރު 13:00ށް ކައުންސިލް އިދާރާ ތިރީގައި ހަމަޖެހިފައިވާކަން އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ. މަސްދަޅު ކޭސް ބަލާ ކައުންސިލް އިދާރާއަށް ދުރުވާއިރު ހަވާލުކުރެވޭ ސްލިޕްކޮޅާއި މަސްދަޅުކޭސް ބަލާ ދުރުވާ ފަރާތުގެ އައިޑީކާޑު ގެނެސްދިނުން އެދެން.
08 ފެބުރުވަރީ 2026