ދިވެހިރާއްޖެ
ރަމަޟާން މަހަށް ހާއްޞަކޮށްގެން ދަނޑުވެރިން އުފައްދާތަކެތި ވިއްކުމަށްޓަކައި ވަގުތީ މާރކެޓެއް މާލެ ސަރަޙައްދުގައި ޤާއިމުކުރުމުގެ ފުރުޞަތު ލިބިފައިވުމާއެކު، ކައުންސިލާއި ދަނޑުވެރިން ގުޅިގެން މާރުކޭޓްއިން ރަށުގައި އުފައްދާ ތަކެތި ވިއްކުމަށް ވަގުތީ މާކެޓަކަށް މިހާރު ވަނީ އެދިފައެވެ. އަދި މާރކެޓުގައި ތަކެތި ވިއްކުމުގެ މުއްދަތަކީ 15 ފެބްރުއަރީ 2026 އިން 26 މާރޗް 2026 އާ ހަމައަށެވެ. އެހެންކަމުން މި މުއްދަތުގައި ގއ.ނިލަންދޫ ދަނޑުވެރިން އުފައްދާތަކެތި ދަނޑުވެރިންގެ އަތުން ގަނެ، މި މާރކެޓްގައި ވިއްކުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން 09 ފެބްރުއަރީ 2026 ވަނަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފްކުރެއްވައި 10 ފެބްރުއަރީ 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ނުވަތަ 9849587 ނަމްބަރަށް ގުޅުއްވުން އެދެމެވެ.
20 ޝައުބާން 1447