ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)392-ADM/392/2026/3
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 08:45
ސުންގަޑި: 23 ފެބުރުވަރީ 2026 12:00
ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭމަންޑޫގައި ހޮސްޕިޓަލް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ބިމުގައިވާ ރުއްގަހާގުޅޭ.

            ވޭމަންޑޫގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލް އެޅުމަށް ކަނޑައަޅާފައިވާ ބިމުގައިހުރި ރުއްގަހުގައި ނަންބަރު ޖަހާފައިވާނެއެވެ. މިކަމަށް ކައުންސިލުން ހަމަޖައްސަވާފައިވާ ބިމަކީ، އައިސީޕީމަގުން އިރުން ދުނބުރިމަގުގެ ދެކުނުން މިރިހިމަގުގެ ހުޅަނގުން އޮތް ހުސްބިމެވެ. ބިންދައްކުވައިދޭ ކުރެހުން، (ޗާޓް) މި އިޢުލާނާއިއެކު އެއްހީރަސް ކުރެވިފައިވާ ވާނެއެވެ.

             ވީމާ، ޤާނޫނު ނަމްބަރު 1998/21 ( މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫން ) އާއި އެއްގޮތައް ހުއްދަލިބިގެން އިންދާ ހައްދާފައިވާ ރުއްގަހުގެ ބަދަލުގެ މައްސަލަ ހަމަޖެއްސުމަށްޓަކައި އެރުއްގަހުގެ ވެރިން، 23 ފެބްރުވަރީ 2026 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ވޭމަންޑޫ ކައުންސިލަށް ވަޑައިގެން ރުއްގަހުގައި ޖަހާފައިވާ ނަންބަރު ވޭމަންޑޫ ކައުންސިލަށް އަންގަވައި ދެއްވުން އެދެމެވެ. އަދި މިދެންނެވި ރުއްގަހުގެ ތެރެއިން ޤާނޫނާއި، ޤަވާޢިދާއި ޚިލާފަށް އިންދާފައިވާ އެއްވެސް ރުއްގަހަކަށް ބަދަލު ދެވެން ނޯންނާނެކަމުގައި ދެންނެވީމެވެ. އަދި ދަންނަވަމެވެ. ޤާނޫނާއި ޤަވާޢިދާ ޚިލާފަށް އިންދާފައިހުރި ރުއްގަސް އިންދި ފަރާތްތަކުން ރުއްގަސްތައް، 05 މާރިޗު 2026 ވާ ބުރާސްފަތި ދުވަހުގެ ކުރިން ނެންގެވުން އެދެމެވެ. އިޢުލާންގެ މުއްދަތު ހަމަވާއިރު ވެރިފަރާތް ނާންގައިހުރި ރުއްގަހާއި، ޤާނޫނާއި ޚިލާފަށް އިންދާފައިހުރި ރުއްގަހާއި ތަކެތި މިކައުންސިލުން ނަގައި ނައްތާލެވޭނެ ކަމުގައި ދަންނަވަމެވެ.

 

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

08 ފެބުރުވަރީ 2026