ދިވެހިރާއްޖެ
ގދ.ގައްދޫ "އިސްރަށްވެހިންގެ މައިޒާން" ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
ގދ.ގައްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން ތަރައްޤީ ކުރާ "އިސްރަށްވެހިންގެ މައިޒާން" ގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 27 ޖަނަވަރީ 2026 ވަނަ ދުވަހު މި ކައުންސިލުން ކުރި (IUL)419/419/2026/4 ނަންބަރު 2 ވަނަ އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ، "އިސްރައްވެހިންގެ މައިޒާން" ގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
މިމަސައްކަތާއި ގުޅޭ ބިޑް ހުށަހަޅަންޖެހޭ ތަން އަދި ތާރީޚް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ. މިކަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ނުވަތަ 7748130 ނަންބަރަށް ގުޅުއްވުން އެދެމެވެ. މައުލޫމާތު ޝީޓާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
|
މަޢުލޫމާތު ސާފުކުރުން |
ބީލަން ބަލައިގަތުމާއި ހުޅުވުން |
ތަން |
|
މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައި |
ތާރީޚް: 15 ފެބްރުއަރީ 2026 ވާ އާދިއްތަ ދުވަސް ގަޑި: 13:00 |
ގދ.ގައްދޫ ކައުންސިލް އިދާރާ |
ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.