ދިވެހިރާއްޖެ
އިޢުލާން
ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތަކުގެ ތެރޭގައި އިސްލާމްދީނުގެ ވަޙުދަތު ރައްކާތެރިކޮށް ޙިމާޔަތްކުރުމާއި އިސްލާމްދީނުގެ ޞައްހަ މަޢުލޫމާތު ފޯރުކޮށްދީ އިސްލާމްދީން ކުރިއެރުވައި އިސްލާމްދީނުގެ ޝިޢާރުތައް ފާޅުކުރުމާއި ދީނީ މަޢުލޫމާތު ފެތުރުމުގައި ފަސޭހަ ގޮތްތަކެއް ޤާއިމުކޮށް، ދިވެހިންގެ މެދުގައި ދީނީ އެއްބައިވަންތަކަން ދަމަހައްޓައި، ދީނީގޮތުން ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި، އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާއި ވުޒާރާގެ ދަށުން ހިންގާ ހުރިހާ މުއައްސަސާތައް (ޒަކާތު ހައުސް، ކީރިތި ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒު އަދި ފަތުވާ މަޖިލިސް) ހިމެނޭގޮތަށް، ކުރިއަށް އޮތް ދިހަ އަހަރު ދުވަހުގެ މާސްޓަރ ޕްލޭން ތައްޔާރުކޮށްދޭނޭ (އިންޓަނޭޝާނަލް ނުވަތަ ލޯކަލް) ފާމެއް ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުގުވެރިވެލައްވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއި އެޓޭޗް ކުރެވިފައިވާނެއެވެ.
ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2026 ފެބްރުވަރީ 17 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.
https://forms.office.com/r/ETv83annGB
ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 2026 މާރިޗް 8 ވާ އާދިއްތަ ދުވަހުގެ 11:00 ގައެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2026 ފެބްރުވަރީ 23 ވާ ހޯމަ ދުވަހުގެ 14:00 ކުރިން
[email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.