ބީލަން
ނަންބަރު: (IUL)475-Admin/475/2026/3
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި: 15 ފެބުރުވަރީ 2026 11:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
'ބޭރު ބަސްބަހުން މުޢާމަލާތު ކުރުމުގެ ހުނަރު ދަސްކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ޕްރޮގްރާމް' ގެ ދަށުން ލެންގުއޭޖް ކޯސްތަކެއް ހިންގައިދޭނެ ފަރާތްތަކެއް ހޯދަން ބޭނުންވެއްޖެ

އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ހުށަހެޅުމުގެ ދައުވަތު

 

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ކުރިއަށްގެންދާ 'ބޭރު ބަސްބަހުން މުޢާމަލާތުކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ޕްރޮގްރާމް' ގެ ދަށުން ލެންގުއޭޖް ކޯސްތައް ހިންގައިދޭނެ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު އަރުވަމެވެ.

މި ޕްރޮގްރާމްގެ މަޤްޞަދަކީ، ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ ގައުމުތަކުގެ މީހުން ވާހަކަ ދައްކާ ބަސްބަހުން މުޢާމަލާތުކުރުމަށް ދިވެހީން ތަމްރީނުކޮށް، މި ދާއިރާގައި ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކުރުމެވެ. ހަމައެއާއެކު އިތުބާރާއެކު ފަތުރުވެރިންނާ މުޢާމަލާތް ކުރުމުގެ ގާބިލުކަން ހުރި ބަޔަކު ވަޒީފާތަކަށް ތައްޔާރުކުރުމެވެ.

 

އަމާޒުކުރެވޭ ފަރާތްތައް:

މިތަމްރީނު ޕްރޮގްރާމް އަމާޒުކުރެވޭނީ ފަތުރުވެރިންނަށް ހިދުމަތްދިނުމުގައި މިހާރު ހަރަކާތްތެރިވާ މުވައްޒަފުންނަށާއި ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތަކަށް ނުކުންނަން ޝައުގުވެރިކަން ހުރި ފަރާތްތަކަށެވެ.

މި ޕްރޮގްރާމްގެ ދަށުން މީހުން ތަމްރީނު ކުރުމަށް ހުޅުވާލާ ބޭރު ބަސްބަހާއި ކޮންމެ ބަހަކުން ހުޅުވާލެވޭ ފުރުސަތުގެ އަދަދު ތިރީގައި އެވަނީއެވެ.

ފުރުޞަތުގެ އަދަދު

ބަސް

#

100

މެންޑަރިން

1.

50

ފްރެންޗް

2.

25

ޖަރމަން

3.

75

ރަޝިއަން

4.

75

ކޮރިއަން

5.

25

ޖަޕަނީޒް

6.

25

އިޓަލިއަން

7.

 

 

ޓަރމްސް އޮފް ރެފަރަންސް:

 

މި ހިދުމަތް ދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދި މަސައްކަތުގެ މުއްދަތު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ޓާރމްސް އޮފް ރެފަރެންސްގައި ބަޔާން ކުރެވިފައިވާނެއެވެ. މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ތިރީގައި ބަޔާންކުރެވިފައިވާ އީމެއިލް އަށް ފޮނުވުން އެދެމެވެ.

 

މަސައްކަތައް ޝޯޓް ލިސްޓް ކުރުމުގައި ބަލާނީ އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާ ޓާރމްސް އޮފް ރެފަރެންސްގައި އަދި ސެލެކްޝަން ކްރައިޓީރިއާގައި ބަޔާންކޮށްފައިވާ ޝަރުތުތަކަށެވެ. ޝޯޓްލިސްޓް ކުރުމުގެ މަރްޙަލާގައި ހުށަހެޅޭ ތަޖުރިބާކާރުންގެ ފެންވަރު ވަޒަން ނުކުރާނެއެވެ.

 

އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ހުށައެޅުން:

 

ތަމްރީން ޕްރޮގްރާމް ހިންގުމަށް ޝައުގުވެރިވާ މަރުކަޒުތަކުން، އެ މަރުކަޒަކުން ކިޔަވައިދޭން ގަސްތުކުރާ ކޮންމެ ބަހަކަށް ވަކިން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅަންވާނެއެވެ.

 

ޝައުގުވެރިވެލައްވާ ފަރާތްތަކުން ޓަރމްސް އޮފް ރެފަރެންސްގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް އެކްސްޕްރެޝަން އޮފް އިންޓްރަސްޓް އާއި އެކު އަންދާސީހިސާބު ބަލައިގަތުން އޮންނާނީ، 2026 ފެބްރުއަރީ 15 ވަނަ ދުވަހުގެ 11:00 ގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ، އުމަރު ޒާހިރު އޮފީސް އިމާރާތުގެ 5 ވަނަ ފަންގިފިލާގައެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. 

 

 

 ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ބޭރު ބަސްބަހުން މުޢާމަލާތުކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ޕްރޮގްރާމް

އުމަރު ޒާހިރު އޮފީސް ބިލްޑިންގ، 5 ވަނަ ފަންގިފިލާ

ފޯން: 1474

އީމެއިލް : [email protected]

04 ފެބުރުވަރީ 2026