ދިވެހިރާއްޖެ
ޕްރޮޖެކްޓު ނަންބަރ:GS190/PN/2026/001
އިޢުލާނު
2026ވަނަ އަހަރުދަނބިދޫ ސްކޫލްގައި ކޮންމެހެން ކުރަންޖެހޭ މަރާމާތްތައް ކޮއްދޭނެ ފަރާތެއް ހޯދުމާ ގުޅޭ:
ދަނބިދޫ ސްކޫލްގެ ކޮންމެހެން ކުރަންޖެހޭ މަރާމާތްތައް ކޮއްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ފެބްރުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން ބިޑްރަޖިސްޓްރީ ފޯމް ފުރުއްވައި މި އިދާރާގެ އީ-މެއިލް [email protected] އަށް ފޮނުއްވައި ދެއްވުން އެދެމެވެ. ނުވަތަ ދަނބިދޫ ސްކޫލްގެ އޮފީހަށް ވަޑައިގެން ބީލަމުގައި ރަޖިސްޓްރީވުމަށް އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
ވީމާ، ތިރީގައި ބަޔާންކުރެވިފައިވާ ތާރީޚްގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.
|
މަޢުލޫމާތު ސާފުކުރުން |
އަންދާސީ ހިސާބު ހުށަހެޅުން |
|
12 ފެބްރުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 13.30 ގައި ދަނބިދޫ ސްކޫލް |
22 ފެބްރުއަރީ 2026 ވާ އާދީއްތަ ދުވަހުގެ 13.30 ގައި ދަނބިދޫ ސްކޫލް |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ގެންނަވަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެފަރާތަކީ ކާކުކަން ބަޔާންކޮށް، އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއަކާއެކު ސިޓީއެއް ހުށައަޅުއްވަންވާނެއެވެ.
ބިޑްރަޖިސްޓްރީ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީ ހިސާބެކެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މިސްކޫލުގެ ނަންބަރު 6800740 އަށް ގުޅުއްވުމަށް ދަންނަވަމެވެ.
04 ފެބްރުއަރީ 2026