ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)401-E/401/2026/5
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:31
ސުންގަޑި: 17 ފެބުރުވަރީ 2026 00:00
ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައުސިންގ ޔުނިޓް އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކުގެ ބިން ސާފުކުރުމާއިގުޅޭ

އިޢުލާން

ތާރީޚް:

04 ފެބުރުވަރީ 2026

ނަންބަރު:

(IUL)401-E/401/2026/5

16 ޝަޢުބާން 1447

އިޢުލާނުގެ ވަނަ:

1

ހައުސިންގ ޔުނިޓް އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ބިން ސާފުކުރުމާއިގުޅޭ  

 

ސަރުކާރުގެ ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން މިރަށުގައި އެޅުމަށް ހަމަޖެހިފައިވާ 100 ހައުސިންގ ޔުނިޓު އެޅުމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގެ ބިން ސާފުކުރުމުގެ މަސައްކަތް ފެށުމަށް، މަސައްކަތް ހަވާލުކުރެވިފައިވާ ކުންފުނިން އެދެމުންދާތީ މިސަރަހައްދުތަކުގައި ހުރި އަމިއްލަ ފަރާތްތަކުގެ އެންމެހާ ތަކެތި ތިރީގައި ބަޔާންކުރެވިފައިވާ މުއްދަތުގެ ތެރޭގައި ނެންގެވުމަށް ދަންނަވަމެވެ.

-          ރަށުގެ އުތުރުކޮޅުން ހައުސިން ޔުނިޓް އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގައިވާ އަމިއްލަ ފަރާތްތަކުގެ ތަކެތި 10 ފެބުރުވަރީ 2026 (އަންގާރަ) ދުވަހުގެ ނިޔަލަށް ނެންގެވުމަށް ދަންނަވަމެވެ.

-          ރަށުގެ ދެކުނު ކޮޅުން ހައުސިންގ ޔުނިޓް އެޅުމަށް ހަމަޖެހިފައިވާ  ސަރަހައްދުގައިވާ އަމިއްލަ ފަރާތްތަކުގެ ތަކެތި 17 ފެބުރުވަރީ 2026 ދުވަހުގެ ނިޔަލަށް ނެންގެވުމަށް ދަންނަވަމެވެ.

މިމުއްދަތުގެ ތެރޭގައި ނުނަގާހުރި ތަކެތި، މަސައްކަތް ހަވާލުކުރެވިފައިވާ ކުންފުނިން ނަގާ ބިންސާފްކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. މިއިއުލާނާއެކު ހައުސިންގ ޔުނިޓް އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ޗާޓް އާންމު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

 

 

 

 

 

 

 

 

 

04 ފެބުރުވަރީ 2026