ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 2010/7 ގެ 110 ވަނަ މާއްދާގައި ރަށު ކައުންސިލްތަކުން ކޮންމެ އަހަރަކު
ފެބުރުވަރީ އަދި ޖުލައިމަހު ރައްޔިތުންނަށް އާންމުކޮށް ހުޅުވާލައިގެން ބައްދަލުވުން ބާއްވަން ވަނީ ކަނޑައަޅާފައެވެ.
ވީމާ، މިކައުންސިލުގެ ފަރާތުން ރައްޔިތުންނާއި ބައްދަލުކުރުން 14 ފެބުރުވަރީ 2026 ވާ ހޮނިހިރު ދުވަހުގެރޭ 20:45 ގައި ދަރިވަރުންގެ ހިޔާގައި
ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުމުގެ އެޖެންޑާ ތިރީގައި ދަންނަވާފައި އެވަނީއެވެ.
- 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުން.
- ރައްޔިތުންގެ ސުވާލާއި ޖަވާބު ދިނުން.
ވީމާ، މިބައްދަލުވުމުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެން ދެއްވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.