ދިވެހިރާއްޖެ
އިޢުލާން
ހަނިމާދޫ ކައުންސިލްގެ މަސް މާރުކޭޓް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މަސް މާރުކޭޓް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
ވީމާ، މި ކަމަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.
|
ތަފްސީލް |
ތާރީޚް |
ގަޑި / ތަން |
|
މަޢުލޫމާތު ސާފުކުރުން |
2026 ފެބްރުއަރީ 11 (ބުދަ) |
ހެނދުނު 11:00 / ހދ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާ މާލަމް |
|
އަންދާސީ ހިސާބު ހުށައެޅުން އަދި ހުޅުވުން |
2026 ފެބްރުއަރީ 23 (ހޯމަ) |
ހެނދުނު 11:00 / ހދ. ހަނިމާދޫ ކައުންސިލް އިދާރާގެ މީޓިންރޫމުގައި |
އަންދާސީ ހިސާބު ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކުންވެސް ހުށައެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށައެޅުއްވުން އޮންނާނީ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައިއެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި މަޢުލޫމާތު ސާފުކޮށް ރަޖިސްޓަރީވި ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށައެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
16 ޝައުބާން 1447
04 ފެބްރުއަރީ 2026