ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)357-Me357/357/2026/4
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 11:51
ސުންގަޑި: 15 ފެބުރުވަރީ 2026 12:00
ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު-ޕްރީ ސްކޫލް ޓީޗަރ (ކޮންޓްރެކްޓް)

މަޤާމް:  ޕްރީސުކޫލު ޓީޗަރ (ކޮންޓްރެކްޓް)

ބޭނުންވާ ޢަދަދު: 1 (އެކެއް)

މުސާރައާއި އެލަވަންސް: މުސާރަ -/4500 ރުފިޔާ

ސާރވިސް އެލަވަންސް: -/2500 ރުފިޔާ  

އެޓެންޑެންސް އެލަވަންސް: ޙާޟިރުވާ ދުވަހަކަށް -/75 ރުފިޔާ

އިނާޔަތް : ހަމަޖެހިފައިވާ އުޞޫލުން ރަމަޟާންމަހުގެ އިނާޔަތް ލިބޭނެ.

ޔުނިޓް: ކޯޕަރޭޓް ސަރވިސް ޔުނިޓް

 

މަޤާމްގެ ޝަރުތު: 

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު، ތަޖުރިބާ އާއި ޤާބިލްކަން ސާބިތުކޮށްދިނުމާއި އެކު ޕްރީސުކޫލް އެޑްވާންސް ސެޓްފިކެޓް ޙާސިލްކޮށްފައިވުން ނުވަތަ ޕްރީސުކޫލު ޓީޗިންގް ހަދާފައިވުން

2. ނުވަތަ ގްރޭޑް 10 ނިންމާ އިސްލާމް، ދިވެހިން ދަށްވެގެން (D) ފާސް ލިބިފައިވުން ނުވަތަ ގުރޭޑް 10 ނިންމާފައިވުން   

3. ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި ސިއްހަތު ރަނގަޅު މީހެއްކަމުގައިވުން

4. އުމުރުން 18 އަހަރާއި 45 އަހަރާއި ދެމެދުގެ މީހަކު ކަމުގައިވުން   

   

މަޤާމުގެ މަސްޢޫލިއްޔަތު:

1-      ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާ ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

2-      ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

3-       ޢިދާރާއިން ކަނޑައަޅާ ގަޑިތަކުގައި ޕްރީސްކޫލު ދަރިވަރުންނަށް ކިޔަވައިދިނުން.

4-      ޕްރީ ސްކޫލު ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުންވާ މެޓީރިއަލްސް ތައްޔާރުކުރުން.

5-      ޚަވާލުކުރެވިފައިވާ މާއްދާ ނުވަތަ މާއްދާތައް މުޤައްރަރުގައިވާ މިންވަރަށް ދަރިވަރުންނަށް އުނގަންނައިދިނުން.

6-      ދަރިވަރުންގެ މަސައްކަތްތައް ރެގިއުލޭޓްކޮށް ޗެކްކުރުމާއި، ބިނާކުރަނިވި ފީޑްބެކްދިނުން.

7-      ދަރިވަރުންނަށް ޙާސިލްވަމުންދާ މިންވަރު ޗެކްކުރުމާއި، ރިކޯޑްކުރުމާއި، އެމަޢުލޫމާތުތައް ޙިއްސާކުރަންޖެހޭ ފަރާތްތަކާއި ހިއްސާކުރުން.

8-      ކިޔަވައިދިނުމާއި ގުޅޭގޮތުން ސްޕަވައިޒަރާއި ޚަވާލުކުރަންޖެހޭ އެންމެހާ ތަކެތި ( ސްކީމް އޮފް ވޯކް، ލެސަން ޕްލޭން، މާކްޝީޓް ) ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް ޚަވާލުކުރުން.

9-      އިސްލާމީ ރިވެތި އާދަތަކާއި، އަޚްލާޤީ ރިވެތި އަދަބުތައް ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމަށް މަސައްކަތްކުރުން.

10-  ދަރިވަރުންގެ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ލަސްނުކޮށް ކުރުން.

11-  އުނގަންނައިދިނުމާއި ގުޅޭ މުހިއްމު މެޓީރިއަލްސް އަދި ދަރިވަރުންގެ މަސައްކަތް ކުލާހުގައި ޑިސްޕްލޭކުރުން.

12-  ދަރިވަރުންގެ ތަޢުލީމާއި، ތަރުބިއްޔަތާއި ގުޅޭގޮތުން ބެލެނިވެރީންނަށް ޤަވައިދުން މަޢުލޫމާތު ޙިއްސާކުރުން.

13-  ކައުންސިލްގެ ޢިދާރާއިން ރާވައި ކުރިއަށްގެންދާ ޓްރެއިނިންގް ޕްރޮޤްރާމްތަކާއި، ބައްދަލުވުންތަކުގައި ކައުންސިލުން އަންގައިފި ހިނދެއްގައި ޢަމަލީ ގޮތުން ބައިވެރިވުން.

14-  ކައުންސިލުގެ އިދާރާއިން ކުރިއަށްގެންދާ ޚާއްސަ އިވެންޓްތަކުގައި ނުވަތަ  މަސައްކަތްތަކުގައި ބައިވެރިވުމާއި ކުއްލިހާލަތުގައި ދިމާވާ ކަންކަމުގައި އެހީތެރިވެދިނުން.

15-  ޢިދާރާގެ ހިންގުމާއި ގުޅޭގޮތުން އެސް.ޖީ ޚަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

 15 ފެބުރުވަރީ 2026 ވާ އާދީއްތަ ދުވަހުގެ 12:00 ކުރިން ވ.ފުލިދޫ ކައުންސިލްގެ އިދާރާއަށް.

 

 ހުށައަޅަންޖެހޭ ލިޔެކިޔުންތައް:

1. ވަޒީފާއަށް އެދޭކަމުގެ ފޯމް ( ކައުންސިލްއިދާރާއިން ލިބެންހުންނާނެ)

2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

4. ލިބިފައިވާ ތަޖްރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ

 

  • އިންޓަވިއުއަށް އަންނައިރު ތަޢުލީމީ ސެޓްފިކެޓް، ތަޖުރިބާގެ ލިޔުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ އަސްލު ގެންނަންވާނެއެވެ.
  • ޕްރީސުކޫލު ޓީޗަރުކަމަށް ކުރިމަތިލީފަރާތްތަކުގެތެރެއިން ޓީޗަރުންހަމަޖެއްސުމުގައި ތަޢުލީމާއި ތަޖްރިބާއަށް އިސްކަންދެވޭނެއެވެ.
  • 1 (އެކެއް) އަހަރުގެ ކޮންޓްރެކްޓަކަށްފަހު ވަޒީފާގެ މަސްޢޫލިއްޔަތުތައް އަދާކުރުމުގައި ރަނގަޅުނަމަ، އިތުރު 1 (އެކެއް) އަހަރަށް ކޮންޓްރެކްޓްގެ މުއްދަތު އަލުން އިޢުލާންކުރުމެއްނެތި އާކުރެވޭނެއެވެ.

 

              މި އިއުލާނާއިގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަމްބަރ: 6700603 ފޯނާއި ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.  

              ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި  އިއުލާނުކުރީމެވެ.

04 ފެބުރުވަރީ 2026