ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)308/2026/06
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 10:37
ސުންގަޑި: 09 ފެބުރުވަރީ 2026 00:00
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު ލައިސަންގެ ދޫކުރުމާގުޅޭ

މިކައުންސިލުން ދެމުން ގެންދާ އެއްގަމު ލައިސަންސް ދޫކުރުމުގެ ޚިދުމަތް، 2026 ފެބުރުވަރީ 09 ވަނަ ދުވަހުން ފެށިގެން، ކޮންމެ ޙަފްތާއެއްގެ ހޯމަ އަދި ބުދަ ދުވަހު ދިނުމަށް ހަމަޖައްސައިފީމެވެ. އަދި ދުވާލަކު ގިނަވެގެން 15 މީހުންނަށް ޚިދުމަތްދޭނެ ވާހަކަ ދަންނަވަމެވެ.

ޚިދުމަތުގެ ފީ:    -  ތިއަރީ ޓެސްޓް ހަދާ ކޮންމެ ފަހަރަކަށް 50 (ފަންސާސް) ރުފިޔާ.

-          ޕްރެކްޓިކަލް ޓެސްޓް، ނުވަތަ ދުއްވުމުގެ ޓެސްޓް ހަދާ ކޮންމެ ފަހަރަކަށް 50 (ފަންސާސް) ރުފިޔާ.

-          ކެޓަގަރީ އިތުރުކުރުމަށް ދުއްވާ ކޮންމެ ފަހަރަކު 100 (ސަތޭކަ) ރުފިޔާ.

ޚިދުމަތަށް އެދޭނީ އީފާސްމެދުވެރިކޮށް ޓްރާންސްޕޯޓް މިނިސްޓްރީގެ ސިމްސް ޕޯޓަލުންނެވެ. ސިމްސް ޕޯޓަލްގެ ލިންކެ ތިރީގައި އެވަނީއެވެ. ޙަފްތާގެ ކޮންމެ ދުވަހަކުވެސް ޚިދުމަތަށް އެދި ފޯމް ފުރިހަމަކުރެވޭނެއެވެ.

 https://sims.transport.gov.mv/login 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

04 ފެބުރުވަރީ 2026