ދިވެހިރާއްޖެ
ކުޅުދުއްފުށީ ޕޯޓްގައި މުދާ ނީލަން ކިއުމުގެ ޢާންމު ޢުޞޫލު
ކުޅުދުއްފުށީ ޕޯޓުން މުދާ ނީލަން ކިއުމާއި، ނީލަންތަކުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމާއި، އެ މުދާ ކުލިއަރ ކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ގޮތުގެ ޢާންމު ޢުސޫލަށް 03 ފެބްރުއަރީ 2026 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަލަށް އެކުލަވާލެވުނު މިޢުޞޫލަށް ޢަމަލުކުރަން ފެށުމާއިއެކު، ކުރިން ކުޅުދުއްފުށީ ޕޯޓުން މުދާ ނީލަން ކިއުމުގައި ޢަމަލުކުރަމުން ގެންދިޔަ ޢުސޫލުތަށް ބާޠިލްކޮށް މިއަދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެވުނު މި ޢުޞޫލަށް ޢަމަލުކުރަމުން ގެންދާނެވާހަކަ ދެންނެވީމެވެ.
ވީމާ، މިޢުޞޫލުގެ ދަށުން، ކުޅުދުއްފުށީ ޕޯޓުން ބޭނުންކުރުމަށް ނިންމާފައިވާ އެހެނިހެން ލިޔެކިޔުންތަކާއި ޢުޞޫލު އިޢުލާނާއެކު ގެޒެޓްގައި ޝާއިޢުކުރެވި އަދި ކުޅުދުއްފުށީ ޕޯޓްގެ ފޭސްބުކް ޕޭޖް: https://www.facebook.com/kpl.com.mv ގައި ޢާންމު ކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.