ޢާންމު މަޢުލޫމާތު
ނަންބަރު: IL-KPL/2026/002
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 22:03
ސުންގަޑި: 03 މާރިޗު 2026 23:59
ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުން މުދާ ކްލިއަރކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ޤަވާއިދު

ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުން މުދާ ކްލިއަރކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ޤަވާއިދު

ކުޅުދުއްފުށީ ޕޯޓުން މުދާ ކުލިއަރކުރުމަށް ރަޖިސްޓްރީ ކުރުމާއި، އެ މުދާ ކުލިއަރ ކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ގޮތުގެ ޢާންމު ޤަވާޢިދަށް 03 ފެބްރުއަރީ 2026 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަލަށް އެކުލަވާލެވުނު މިޤަވާޢިދަށް ޢަމަލުކުރަން ފެށުމާއިއެކު، ކުރިން ކުޅުދުއްފުށީ ޕޯޓުން މުދާ ކުލިއަރކުރާ ފަރާތްތަކުން ޢަމަލުކުރަމުން ގެންދިޔަ ޤަވާޢިދުތައް ބާޠިލްކޮށް މިއަދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެވުނު މި ޤަވާޢިދަށް ޢަމަލުކުރަމުން ގެންދާނެވާހަކަ ދެންނެވީމެވެ.

ވީމާ، މިޤަވާއިދުގެ ދަށުން، ކުޅުދުއްފުށީ ޕޯޓުން ބޭނުންކުރުމަށް ނިންމާފައިވާ އެހެނިހެން ލިޔެކިޔުންތަކާއި ޤަވާއިދު އިޢުލާނާއެކު ގެޒެޓްގައި ޝާއިޢުކުރެވި އަދި ކުޅުދުއްފުށީ ޕޯޓްގެ ފޭސްބުކް ޕޭޖް: https://www.facebook.com/kpl.com.mv ގައި ޢާންމު ކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

03 ފެބުރުވަރީ 2026