ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 137-IU/PR/2026/14
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:49
ސުންގަޑި: 10 ފެބުރުވަރީ 2026 11:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އައި.ޖީ.އެމް ހޮސްޕިޓަލުގެ އީއާރ އަށް ބޭނުންވާ 24 E5 Monitor ހޯދުން

ބީލަން ހުށަހެޅުމުގެ ދައުވަތު 

 

 

އިޢުލާން ނަމްބަރ:   137-IU/PR/2026/14

ޕްރޮޖެކްޓް ނަމްބަރ: 137-PR/2026/G-02

 

ޕްރޮޖެކްޓްގެ ނަން: އައި.ޖީ.އެމް ހޮސްޕިޓަލުގެ އީއާރ އަށް ބޭނުންވާ 24  E5 Monitor  ހޯދުން

 

މި ހޮސްޕިޓަލުގެ އީއާރ އަޕްގްރޭޑް ކުރުމުގެ ޕްރޮޖެކްޓުގެ ދަށުން ތިރީގައި މިވާ E5 Monitor  ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.  ވީމާ މިކަމަކަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

E5 Monitor (Wall Mounted)

BRAND

PRODUCT CODE

QTY

BEDSIDE MONITOR, 12.1-INCH, NK SPO2, 0 MULTI

NIHON KOHDEN

BSM-2562K

24

ACCESSORY KIT IEC ADULT CUFF MIDDLE SB-752P LI-ION BATTERY PACK

NIHON KOHDEN

YS-126P5

24

MULTI SOCKET MODULE

NIHON KOHDEN

AA-252P

24

INTERFACE UNIT, RGB, SERIAL, ALARM OUTPUT, ECG/BP

NIHON KOHDEN

QI-251P

24

ADOPTER PLATE

NIHON KOHDEN

FA1111ZZ-01001

24

WALL MOUNT WITH BASKET

NIHON KOHDEN

HA-2210-ZZ

24

POWER CORD

NIHON KOHDEN

 

24

 

  1. ބިޑް ހުށަހަޅާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް 
  • ކޯޓޭޝަން ހުށަހަޅަންވާނީ ދީފައިވާ މަސައްކަތްތަކާއި އެއްގޮތަށް، ޖީއެސްޓީ ހިމަނައިގެންނެވެ.
  • ކޯޓޭޝަން ހުށަހެޅުމުގައި މި ކަރުދާހުގައި ހިމަނާފައިވާ ސްޕެސިފިކޭޝަނާއި އެއްގޮތަށް މައުލޫމާތު  ހުށަހެޅުމަށް ސަމާލުކަން ދޭންވާނެއެވެ.
  • ސަޕްލައިކުރުމަށް ހުށަހަޅާ ތަކެއްޗަކީ އައު އިކުއިޕްމެންޓެއްކަން އިގޭނެ މެނުފެކްޗަރގެ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި ސަޕްލައިކުރާ ތަކެއްޗަށް  ސްޓޭންޑަރޑް ވޮރެންޓީ އެއް ދޭންވާނެއެވެ.
  • ސަޕްލައިކުރާތަކެތީގެ އޮތޮރައިޒް ޑިސްޓްރިބިއުޓަރޝިޕް ލެޓަރ ހުށަހަޅަންވާނެއެވެ.
  • ސަޕްލައިކުރާ ތަކެތި އިންސްޓޯލްކުރުމާއެކު ޔޫސަރ ޓްރޭނިންގ ދޭންވާނެއެވެ.
  • ކޯޓޭޝަން ހުށަހަޅާއިރު ސަޕްލައިކުރާ އައިޓަމްގެ މައުލޫމާތު (ޓެކްނިކަލް ސްޕެސިފިކޭޝަން ޝީޓު) ހުށަހަޅަންވާނެއެވެ.
  •  ސަޕްލައިކުރުމަށް ކޯޓޭޝަންގައި ހުށަހަޅާފައިވާ މުދާ ސަޕްލައިކުރެވޭނެ މުއްދަތު ކޯޓޭޝަންގައި ބަޔާންކުރަންވާނެއެވެ.
  •  މިގޮތަށް އަގުހުށަނާޅާ ފަރާތްތަކުގެ ބިޑު ބާތިލް ކުރުމުގެ އިހްތިޔާރު  މި މުއައްސަސާއަށް ލިބިގެންވެއެވެ.

 2-ހުށަހަޅަންޖެހޭ ތަކެތި 

  • ބީލަން / މަސައްކަތްކޮށްދޭނެ އަގު، ޖީ.އެސް.ޓީ ހިމަނައިގެން
  • ވިޔަފާރި ރަޖިސްޓްރީ ކޮޕީ / ވަކި ފަރުދެއްނަމަ، އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ 
  • ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ) 
  • އިއުލާނުކުރި ތާރީހާ ހަމައަށް 01 މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓް  
  • ވޭތުވެ ދިޔަ 03 އަހަރު ތެރޭގައި މިބާވަތުގެ ތަކެތި ސަޕްލައިކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމުގެ01 ލިޔުން (މަސައްކަތް ކުރުވި ފަރާތުން ދީފައިވާ) ހުށަހެޅުން 

 3-އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލް 

  • އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތަށް މަސައްކަތުގެ އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓްތައް ހަމައަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ހުށަހެޅުންތައް އިވެލުއޭޝަންގައި ބައިވެރިކުރެވޭނެއެވެ.  
  • އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތްތަކަށް ފުލް މާކްސް ލިބޭގޮތައް ޕްރޯރާޓާ އުސޫލުން.

ކެޓެގަރީ 

މާރކްސް 

މާރކްސް ދެވޭ އުސޫލު 

އަގު 

90 

އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް 

 

މުއްދަތު

10

އެންމެ ކުޑަ މުއްދަތެއް ހުށަހަޅާފަރާތަކަށް

 

 

ބީލަން ހުށަހަޅާނެގޮތް 

ޕްރޮކިއުމެންޓް ޑިޕާރޓްމެންޓް / އައި.ޖީ.އެމް ހޮސްޕިޓަލް 

 އައި.ޖީ.އެމް ހޮސްޕިޓަލުގެ އީއާރ އަށް ބޭނުންވާ E5 Monitor ހޯދުމާއި ގުޅޭ އިއުލާނުކަމާއި އަދި އިއުލާނު ނަމްބަރު ޖަހާފައި އޮންނަން ވާނެއެވެ.   

ބީލަން ހުށަހެޅުން 

  • ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ  10 ފެބްރުވަރީ 2026ގެ  11:00ގައި އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުގެ ޕްރޮކިއުމެންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައެވެ. އަދި ބީލަން ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. 
  • ހުށަހަޅާ އަގު/ކޯޓޭޝަން ފިޔަވާ އެހެން ހުރިހާ ލިޔެކިޔުންތައް ހުށަހަޅަންވާނީ ސޮފްޓް ކޮޕީގެ (ޕީޑީއެފް ފައިލް) ގޮތުގައެވެ.  
  •  
  • އަގު/ކޯޓޭޝަން ހުށަހަޅަންވާނީ މަތީގައި ބަޔާންކޮށްފައިވާގޮތަށް ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ.  

 

  • ބީލަން ހުށަހެޅުމަށް ގަޑިއަށް ހާޞިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 

ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް 

  1. ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ޙިލާފް މައުލޫމާތު ހިމަނަފައިވުން. 
  2. ހުށަހަޅާފައިވާ ލިޔުމުގައި އަސްލުނޫން (ފޯރޖް) ލިޔުން ހިމަނައިފައިވުން. 
  3. މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތުން ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)  
  4. ޚިދުމަތްދޭ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން. 

 

މަތީގައި ބަޔާންވެދިޔަ ކަންކަމުގެ ތެރެއިން އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ހިންގާފައިވާނަމަ، އެ ފަރާތެއް 06 މަސްދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކުރުމުގެ އިޚްތިޔާރު މި މުއައްސަސާއަށް ލިބިފައިވެއެވެ. 

ނޯޓު: 

1-މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. 

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް 

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، 

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ 

ފޯނު: +960 3335349 ، +960 3335254 

އީމެއިލް [email protected] 

ކޮޕީ: [email protected] 

    [email protected] 

15 ޝައުބާން 1447

03 ފެބްރުވަރީ 2026

03 ފެބުރުވަރީ 2026