ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)353/353/2026/14
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 10 ފެބުރުވަރީ 2026 21:00
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެބްރުއަރީ 2026 ގެ ރައްޔިތުންގެ ބައްދަލުވުން

ފެބްރުއަރީ 2026 ގެ ރައްޔިތުންގެ ބައްދަލުވުން

      ދިވެހިރާއްޖޭގެ އިދާރީތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2010/7) ގެ 107 ވަނަ މާއްދާގައިވާގޮތުގެމަތިން 10 ފެބްރުވަރީ 2026 ވާ އަންގާރަ ދުވަހުގެރޭ 21:00 ގައި ރައްޔިތުންނާއި ބައްދަލުކުރުމަށްވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އދ. ދިގުރަށު ކައުންސިލް އިދާރާގެ މާލަމުގައެވެ.

ބައްދަލުވުމުގައި ރައްޔިތުންނަށް ޙިއްޞާކުރުމަށް ހަމަޖެހިފައިވާ ކަންކަން.

  1. 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓް.
  2. 2026 ވަނަ އަހަރުގެ ބަޖެޓް.

   ވީމާ، މި ބައްދަލުވުމުގައި ބައިވެރިވުމަށް އދ. ދިގުރަށުގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. އަދި މި ބައްދަލުވުމުގައި ރަށުގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެދެއްވުމަކީ މިކައުންސިލްގެ ވަރަށްބޮޑު އެދުމެއްކަމުގައިވެސް ދަންނަވަމެވެ.

 

03 ފެބުރުވަރީ 2026