ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)326/326/2026/10
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 12:17
ސުންގަޑި: 12 ފެބުރުވަރީ 2026 13:00
ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑު ލައިސަންސް ދޫކުރުމަށް ބޭނުންވާ އެގްޒެމިނަރުން ހޯދުމާއިބެހޭ

އިޢުލާން

އިންޖީނުލީ ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ޕްރެކްޓިކަލް ޓެސްޓް ކުރައްވާނެ އެގްޒަމިނަރެއް މިއިދާރާއަށް ހޯދަން ބޭނުންވެއްޖެއެވެ.  

ބޭނުންވާ ޢަދަދު:  01 (އެކެއް)

އުޖޫރަ:

  • އުޅަނދަކަށް 25/- ރުފިޔާ (ފަންސަވީސް ރުފިޔާ)

ޝަރުތު:

  • ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާގެ މުވައްޒަފަކަށް ނުވުން.
  • ލިޔަންކިޔަން އެނގުން.
  • ލައިސަންސް ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރު ދުވަސް ވެފައިވާ ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
  • ޑްރައިވިން ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތްކުރާ ފަރާތެއްކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ތަކެތި:

  • ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ކޮޕީ
  • ޕޮލިސް ރިޕޯޓް (03 މަސް ދުވަސް ނުވާ)
  • އައި.ޑީ ކާޑުގެ ކޮޕީ
  • ހުށަހަޅާ ފަރާތުގެ ވަނަވަރު

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއިއެކު 12 ފެބްރުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާގެ އީމެއިލް [email protected] މެދުވެރިކޮށް ހުށައެޅުއްވުން އެދެމެވެ.  އެގްޒަރމިނަރ އައްޔަންކުރުމުގައި އެންމެ ގިނަ ކެޓަގަރީތަކުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

03 ފެބުރުވަރީ 2026