ބީލަން
ނަންބަރު: (IUL)350-LH/350/2026/7
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 12:11
ސުންގަޑި: 10 ފެބުރުވަރީ 2026 14:00
އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ އައު އިމާރާތުގެ އިންޓީރިއާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

މި ކައުންސިލްގެ އިޢުލާނު ނަންބަރު (IUL)350-LH/350/2025/65  އަށް ހުށައަޅާފައިވާ ބީލަންތައް އަގު ބޮޑު ކަމައް ފެންނާތީ އެޢިލާނު ބާތިލްކޮއް އަލުން އިޢުލާނުކުރަމެވެ. މިމަސައްކަތާއި ގުޅޭގޮތުން ތައްޔާރުކުރެވިފައިވާ "ބީލަން ފޮތް'' އަދި ރެޖިސްޓްރޭޝަން ފޯމް ގެޒެޓްއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ބީލަމުގައި ބައިވެރިވުން

މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 10 ފެބްރުވަރީ 2026 ވާ އަންގާރަ ދުވަހު 14:00 ގެ ކުރިން ރަޖިސްޓޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު މިކައުންސިލްގެ އީމެއިލް [email protected]  އަށް މެއިލް ކުރަން ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

ބީލަމާ ގުޅޭ މަޢުލޫމާތު ބައްދަލުވުން 12 ފެބްރުވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިކައުންސިލް އިދާރާގައި އޮންނާނެއެވެ. އަދި ސުވާލު ހުށައެޅުމުގެ ފުރުސަތު މިދުވަހުގެ 18:00 އަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. ސުވާލު ފޮނުއްވާނީ މިކައުންސިލްގެ އީމެއިލް [email protected]  އަށެވެ.  

ބީލަން ހުށަހެޅުން

ބީލަން ހުށަހަޅާނީ 16 ފެބްރުވަރީ 2026 ވާ ހޯމަ ދުވަހުގެ  13:00ގައި އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލްގެ އިދާރާއަށެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަން ހުށަހަޅާއިރު ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަމާއި، ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯނު ނަމްބަރު ލިޔެފައި އޮންނަންވާނެއެވެ. ވިޔަފާރީގެ ވެރިފަރާތްނޫން އެހެން ފަރާތަކުން ބީލަން ހުށަހަޅަން ދުރުވާނަމަ ވިޔަފާރީގެ ވެރިފަރާތުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއް، ބީލަމާއެކު އެއްކަރުދާސްކޮށްފައި އޮންނަންވާނެއެވެ.

ބީލަން ފޮތުގެ ސެކްޝަން 2 ގެ 5ވަނަ ޕޮއިންޓުގައިވާ (ހ)، (ށ)، (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ބީލަމުގެ އެއްވެސް ލިޔުމެއްގައި ވިޔަފާރީގެ ވެރިފަރާތްނޫން އެހެން ފަރާތަކުން ސޮއިކޮށްފައިވާނަމަ "ޕަވަރ އޮފް އެޓާރނީ" (މިއީ ކޯޓުން ދޫކުރާ ލިޔުމެއް)ގެ ކޮޕީއެއް ބީލަމާއެކު އެއްކަރުދާސްކޮށްފައި އޮންނަންވާނެއެވެ. އަދި މި ފަރާތްތަކުން ބީލަމުގެ ލިޔުމެއްގައި ސޮއިކޮށްފައިވާއިރު "ޕަވަރ އޮފް އެޓާރނީ" ބީލަމާއެކު ހުށަނާޅާނަމަ އެ ބީލަމެއް ބާތިލް ވާނެއެވެ.

03 ފެބުރުވަރީ 2026