ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 11:41
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުނި އުކުމުގެ ފީ މަޢާފު ކުރުމާ ގުޅޭ
މި އިދާރާއިން ދެމުންގެންދާ ކުނި އުކައިދިނުމުގެ ޚިދުމަތުގެ ފީ އާއި އަމިއްލައަށް ކުނި އުކުމަށް އެދި ހުއްދަ ނަގާ ފަރާތްތަކުން ދައްކާ ފީ 1447 ވަނަ އަހަރުގެ ރަމަޟާން މަހު ( ފެބްރުއަރީ އަދި މާރޗް މަހު ) މަޢާފްކޮށްދިނުމަށް މި ކައުންސިލުގެ 193 ވަނަ ބައްދަލުވުމުން ވަނީ ފާސްކޮށްފައެވެ. ވީމާ މި އިދާރާއިން ދެމުން ގެންދާ ކުނި އުކައިދިނުމުގެ ޚިދުމަތުގެ ފީ އާއި އަމިއްލައަށް ކުނި އުކުމަށް އެދި ހުއްދަ ނަގާ ފަރާތްތަކުން ދައްކާ ފީ 2026 ވަނަ އަހަރުގެ ފެބްރުއަރީ އަދި މާރޗް މަހަށް ދައްކަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ. ފެބްރުއަރީ މަހަށް މި ފީ ދައްކާފައިވާ ފަރާތްތަކުގެ ފީ އޭޕްރީލް މަހުގެ ފީގެ ގޮތުގައި ބަލައިގަނެވޭނެ ކަމުގައި ދަންނަވަމެވެ.
03 ފެބުރުވަރީ 2026