ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)375/375/2026/4
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 11:24
ސުންގަޑި:
10 ފެބުރުވަރީ 2026 11:00
ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރަށުގެ އިޖްތިމާޢީ ޞަރަޙައްދުތައް ކުނިކަހާ ސާފުކޮށްދޭނެ ފަރާތްތައް ހޯދުމާގުޅޭ
މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 10 ފެބްރުއަރީ 2026ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން ސިޓީ ހުށަހެޅުއްވުން އެދެމެވެ.
- ރަށުގެ މި ސަރަހައްދުތައް ބަހާލެވޭނީ 13 ބަޔަށެވެ.
- ބައެއް ޙާވާލުކުރެވި ޤަވާއިދުން މިމަސައްކަތް ކުރާ ފަރާތްތަކަށް މަހަކު -/1700 (އެއްހާސް ހަތްސަތޭކަ) ރުފިޔާ އުޖޫރައިގެ ގޮތުގައި ލިބޭނެއެވެ.
- ޙަވާލުކުރާނެ ފަރާތްތައް ހޮވާނީ މިކަމަށް އެދުނު ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ މެދުގައި ޤުރުއަތުލައިގެންނެވެ.
- ކުރިމަތިލައްވާ ފަރާތަކީ މިމަސައްކަތަށް ޝައުޤުވެރިކަން ހުރެގެން ކުރިމަތިލާ ފަރާތަކަށް ވާންވާނެއެވެ.
މިކަމަށް އެދޭ ފަރާތުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު:
- ޢުމުރުން 18 އަހަރާއި، 65 އަހާރާ ދެމެދުގެ މީހަކު ކަމުގައިވުން.
- ރަށުގެ ރައްވެއްސަކަށްވުން، ނުވަތަ ރައްވެއްސަކާއި ކައިވެނީގެ ގޮތުން ގުޅިފައިވާ މީހަކު ކަމުގައިވުން.
- ސިވިލްސަރވިސް މުވައްޒަފެއް، އެހެން އިދާރާއެއްގައި ވަޒީފާއަދާ ކުރާ މީހަކަށް ކުރިމަތި ނުލެވޭނެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.
03 ފެބުރުވަރީ 2026