ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HR/1/2026/17
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 10:51
ސުންގަޑި: 11 ފެބުރުވަރީ 2026 13:00
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް
ދިވެހިރާއްޖެ
ސީނިއަރ ސޯޝަލް ޕްރޮޓެކްޝަން އޮފިސަރ

އިޢުލާނު

 

މަޤާމު:

ސީނިއަރ ސޯޝަލް ޕްރޮޓެކްޝަން އޮފިސަރ

މަޤާމުގެ ނަންބަރު:

J-413275

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ރޭންކް 7 - ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ހުޅުމާލެ

ސެކްޝަން:

ފެމިލީ ޑިވެލޮޕްމަންޓް ސެކްޝަން

މުސާރަ:

 12,261.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

5,721.00 ރުފިޔާ

ހާޟިރީ އެލަވަންސް:

155.00 ރުފިޔާ

އެހެނިހެން އެލަވެންސް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ޢާއިލާއާބެހޭ ޤާނޫނާ ޤަވާއިދުތަކާއި، ސިޔާސަތުތަކަށް ސަރުކާރުގެ ދާއިރާތަކާއި މުޖުތަމަޢު ހޭލުންތެރި ކުރުން.
  • މުޖުތަމަޢުގައި ޢާންމުކޮށް ފެންނަމުން އަންނަ ޢާއިލީ މައްސަލަތަކާއި، އަދި ފާހަގަކުރެވޭ އާ މައްސަލަތަކާ ގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުވުން.
  • ގެވެށި އަނިޔާއާ ގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުވައި، އެފަދަ މައްސަލަތައް ހިނގާ މިންވަރު މަދުކުރުމަށްޓަކައި ކުރެވެންހުރި ކަންކަން ރާވައި، ތަންފީޒުކުރުން.
  • ގެވެށި އަނިޔާ ލިބޭ ފަރާތްތައް ބާރުވެރިކުރުވުމަށާއި، ގެވެށި އަނިޔާއިން މުޖުތަމަޢު ރައްކާތެރިކުރުމަށް ބޭނުންވާ ބިހޭވިއާ ޗޭންޖް ގެނައުމަށްޓަކައި ކުރަންހުރި ކަންކަން، ކަމާއި ގުޅުންހުރި ފަރާތްތަކާއި އެކުގައި ރާވައި، ހިންގުން.
  • ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގުފަހިކޮށް ލިބެންހުރި ޚިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމަށްޓަކައި ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތްކުރުން.
  • މިނިސްޓްރީ އަށް ހުށަހެޅޭ ގެވެށި އަނިޔާގެ މައްސަލަތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަންނީ ޤާބިލްކަން އިތުރުކުރުމަށްޓަކައި ކަމާއި ގުޅުންހުރި ފަރާތްތަކާއި އެކުގައި ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުން
  • ކުދިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމާއި، ކުދިންނާއި މައިންބަފައިން ނުވަތަ ބެލެނިވެރިންނާއި ދެމެދު ރަގަޅު ގުޅުމެއް ގާއިމްކުރުމަށްޓަކައި ބޭނުންވާ ކަންކަމާ ގުޅޭގޮތުން މައިންބަފައން ނުވަތަ ބެލެނިވެރިން ހޭލުންތެރިކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއި އެކުގައި މަސައްކަތްކުރުން .
  • ކުދިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމާއި، ކުދިންނާއި، މައިންބަފައިން ނުވަތަ ބެލެނިވެރިންނާއި ދެމެދު އޮންނަ ގުޅުން ހަރުދަނާ ކުރުމަށް ބޭނުންވާ ޕޭރެންޓް އިފެކްޓިވްނަސް ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގާނެ ފެސިލިޓޭޓަރުން ކަމާއި ގުޅުންހުރި ފަރާތްތަކާއި އެކުގައި ތަމްރީންކުރުން.
  • ޢާއިލީ ގުޅުންތައް ބަދަހިކުރުމުގައި ޢާއިލާގެ މެންބަރުން އަދާކުރަންޖެހޭ ދައުރާއި، ޒިންމާތަކާއި، އެ ގުޅުން ބަދަހިކުރުމަށްޓަކައި ބޭނުންވާ އެހެނިހެން ކަންކަމާ ގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުވުން.
  • ގެވެށި އަނިޔާ އިން މުޖުތަމަޢު ރައްކާތެރިކުރުމާއި ގުޅޭގޮތުން ސިޓީ/އަތޮޅު/ރަށު ކައުންސިލްތަކުގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައިވެރިވުން ހޯދުމާއި، އެފަރާތްތަކުގެ ފަންނީ ޤާބިލްކަން އިތުރުކުރުން.
  • އިބަމަ" ގެ މަސައްކަތްތައް ރަށްރަށުގައި ކުރިއަށްދާގޮތް ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތައް މެދުވެރިކޮށް މޮނިޓަރކޮށް، މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ގުޅުންހުރި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.
  • މުޖުތަމަޢުގައި ޢާންމުކޮށް ފެންނަމުން އަންނަ ޢާއިލީ މައްސަލަތަކާއި، އަދި ފާހަގަކުރެވޭ އާ މައްސަލަތަކާ ގުޅޭގޮތުން ސިޓީ/އަތޮޅު/ރަށު ކައުންސިލްތައް އަހުލުވެރިކުރުވުމާއި، އެފަދަ މައްސަލަތަކާ ގުޅޭގޮތުން ސިޓީ/އަތޮޅު/ރަށު ފެންވަރުގައި ކުރަންޖެހޭ ކަންކަމުގައި ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ބޭނުންވާ ފަންނީ މަޢުލޫމާތާއި، އެހީތެރިކަން ސެކްޝަން ވެރިންގެ ލަފަގެމަތީން ފޯރުކޮށްދިނުން
  • މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދާ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް މާލެއާއި އަތޮޅުތެރޭގައި ކުރިއަށްގެންދިއުމުގައި މާލެއާއި ރަށްރަށުގައި އުފައްދާފައިވާ ކްލަބް ޖަމިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި މަސައްކަތްކުރުން.
  • އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި ގުޅޭގޮތުން ކަމާއި ގުޅުންހުރި ސެކްޝަންތަކާއި ގުޅިގެން ރަށްރަށުގައި އުފައްދާފައިވާ ކޮމިއުނިޓީ ސޯޝަލް ގްރޫޕް (އިބަމަ) ތައް އަހުލުވެރިކުރުމާއި، އެފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރަށު ފެންވަރުގައި ކުރެވެން ހުރި ކަންކަން ކުރުމަށް ބޭނުންވާ ޓްރެއިނިންގ އާއި މައުލޫމާތު ކޮމިއުނިޓީ ސޯޝަލް ގްރޫޕްތަކަށް ފޯރުކޮށްދިނުން.
  • އިބަމަ" ގެ މަސައްކަތްތައް ރަށްރަށުގައި ކުރިއަށްދާގޮތް ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތައް މެދުވެރިކޮށް މޮނިޓަރކޮށް، މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ގުޅުންހުރި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.
  • ސެކްޝަންގެ އިދާރީ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  • ސެކްޝަންގެ ޔައުމިއްޔާ ލިޔުން.
  • އަހަރީ ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ގުޅުންހުރި ޑިވިޜަން/ސެކްޝަންތަކަށް ފޯރުކޮށްދިނުން.

މަޤާމުގެ ޝަރުޠުތައް:

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • އެޑްމިނިސްޓްރޭޝަން އޮފް ޖުވެނައިލް ޖަސްޓިސް  
  • އެޑޮލެސަންޓް ހެލްތް އެންޑް ވެލްބިއިން  
  • ބިހޭވިއަރަލް ހެލްތް ސައިންސް  
  • ޗައިލްޑް އެޑްވޮކަސީ އެންޑް ޕޮލިސީ  
  • ޗައިލްޑް އެންޑް އެޑޮލެސަންޓް ޑިވެލޮޕްމަންޓް  
  • ޗައިލްޑް އެންޑް އެޑޮލެސަންޓް މެންޓަލް ހެލްތް  
  • ޗައިލްޑް އެންޑް އެޑޮލެސަންޓް މެންޓަލް ވެލްބިއިން  
  • ޗައިލްޑް އެންޑް ކޮމިއުނިޓީ  
  • ޗައިލްޑް އެންޑް ފެމިލީ ސްޓަޑީޒް  
  • ޗައިލްޑް ޕްރޮޓެކްޝަން އެންޑް ޖުވެނައިލް ޖަސްޓިސް  
  • ޗައިލްޑް ޕްރޮޓެކްޝަން އެންޑް ޗައިލްޑް ވެލްފެއަރ  
  • ޗައިލްޑް ވެލްފެއަރ ވަރކް  
  • ޗައިލްޑް ޔޫތް އެންޑް ފެމިލީ ޕްރެކްޓިސް  
  • ކަރެކްޝަންސް އެންޑް ޖުވެނައިލް ޖަސްޓިސް ސްޓަޑީޒް  
  • ކައުންސެލިންގ  
  • އަރލީ ޗައިލްޑްހުޑް އެންޑް ފެމިލީ ސްޓަޑީޒް  
  • ފެމިލީ އެންޑް ހިއުމަން ޑިވެލޮޕްމަންޓް  
  • ފެމިލީ ސްޓަޑީޒް  
  • ފެމިލީ ތެރަޕީ  
  • ހިއުމަން ޑިވެލޮޕްމަންޓް އެންޑް ފެމިލީ ސްޓަޑީޒް  
  • ޖުވެނައިލް ޖަސްޓިސް  
  • މެރިއޭޖް އެންޑް ފެމިލީ  
  • މެރޭޖް އެންޑް ފެމިލީ ސްޓަޑީޒް  
  • މެރޭޖް އެންޑް ފެމިލީ ތެރެޕީ  
  • ސައިކޮލޮޖީ  
  • ސޯޝަލް ސަރވިސަސް  
  • ސޯޝަލް ވޯރކް  
  • ސޯޝިއޮލޮޖީ  
  • ޔޫތް ވަރކް އެންޑް ކްރިމިނަލް ޖަސްޓިސް  

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ސޯޝަލް ސާވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 ފެބްރުވަރީ 2026 ގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް (އުމަރު ޒާހިރު އޮފީސް އިމާރާތް، ލޮޓް ނަންބަރު 11602، އޯކިޑްމާ ހިނގުން)  އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު / އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 12 ފެބްރުވަރީ 2026 އާއި 11 މާރިޗް 2026 އާ ދެމެދު، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް( އުމަރު ޒާހިރު އޮފީސް އިމާރާތް، ލޮޓް ނަންބަރު 11602، އޯކިޑްމާ ހިނގުން)  2 ވަނަ ފަންގިފިލާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3027551 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

 

03 ފެބުރުވަރީ 2026