ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-EDS/304/2026/15
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 08:44
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޟާން މަހާ ގުޅިގެން ސަރުކާރުން ހަދިޔާ ކުރާ މަސްދަޅު ކޭސް ބެހުމާ ގުޅޭ
1447 ވަނަ އަހަރުގެ ރަމަޟާން މަހާއި ގުޅިގެން ރައްޔިތުންނަށް ހަދިޔާކުރުމަށް ސަރުކާރުން ހަމަޖައްސަވާފައިވާ މަސްދަޅުކޭހުގެ ތެރެއިން، މީހުން ދިރިއުޅޭ ކޮންމެ ދިވެހި ގޭބިސީއަކަށް މަސްކޭހެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މަސްދަޅުކޭސް ދޫކުރުމުގެ އިންތިޒާމް ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރު 13:00ށް ކައުންސިލް އިދާރާ ތިރީގައި ހަމަޖެހިފައިވާކަން އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ. މަސްދަޅު ކޭސް ބަލާ ކައުންސިލް އިދާރާއަށް ދުރުވާއިރު ހަވާލުކުރެވޭ ސްލިޕްކޮޅާއި މަސްދަޅުކޭސް ބަލާ ދުރުވާ ފަރާތުގެ އައިޑީކާޑު ގެނެސްދިނުން އެދެން.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.
03 ފެބުރުވަރީ 2026