ދިވެހިރާއްޖެ
" ހޯލީ ޤުރްއާން އެންޑްއިޓްސް ސައިންޓިފިކް އެވޯޑް، އިޔަރ އޮފް ދި ފެމިލީ އެޑިޝަން" ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު
ހޯލީ ޤުރްއާން އެންޑްއިޓްސް ސައިންޓިފިކް އެވޯޑް، އިޔަރ އޮފް ދި ފެމިލީ އެޑިޝަން ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖެއަށް ވަނީ ދަޢުވަތު ލިބިފައެވެ.
ބައިވެރިވުމުގެ ޝަރުޠުތައް:
1- ދިވެހިރައްޔިތަކަށްވުން.
2- 12 އަހަރު ފުރިފައިވާ ފަރާތަކަށްވުން.
3- ތަޖުވީދުގެ ހަމަތަކާއެކު ފަރިތަކޮށް ބަލައިގެން ކިޔަވަން އެނގުން.
4- ދުނިޔޭގެ މަޝްހޫރު ޤާރީއެއް ނުވަތަ އިމާމެއް ނުވަތަ ޤުރްއާން އުނގަންނައިދޭ މުދައްރިސެއްކަމުގައި ނުވުން.
5- ހޯލީ ޤުރްއާން އެންޑްއިޓްސް ސައިންޓިފިކް އެވޯޑް، އިޔަރ އޮފް ދި ފެމިލީ އެޑިޝަން 2،1 ނުވަތަ 3 ވަނަ ޙާސިލްކޮށްފައިވާ ފަރާތަކަށް ނުވުން.
ބައިވެރިވުމަށް އެދި ހުށަހަޅާއިރު ދެނެގަންނަން މުހިންމު ކަންތައްތައް:
1- މި މުބާރާތަށް ބައިވެރިއަކު ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް މި މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުގައެވެ. މިގޮތުން އިމްތިޙާނުކުރުމުގައި ތަޖުވީދަށާއި، ކިޔެވުމުގެ ފަރިތަކަމަށާއި، ކިޔެވުމުގެ ހުނަރާއި އަޑާއި ރާގަށް ބެލޭނެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިވާ ލިޔެކިޔުންތަކާއެކު 10 ފެބުރުވަރީ 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގެ ކުރިންhttps://forms.gle/ck7oRdM5kG9tqmHQA ގޫގްލް ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ.
ހުށަހަޅަންޖެހޭ ލިޔެކިޔުން:
1- ވަނަވަރު (ސީވީ) – އިނގިރޭސި ބަހުން.
2- އައިޑީ ކާޑުގެ ކޮޕީ