ދިވެހިރާއްޖެ
ހއ.އިހަވަންދޫ ލޭންޑްޔޫސް ޕްލޭންގައި އިންޑަސްޓްރިއަލް ބިމުގެ ސަރަޙައްދުން، 3000 (ތިންހާސް )އަކަފޫޓު ގެ 04 ބިން، މީލާދީ 20 އަހަރު ދުވަހުގެ މުއްދަތަށް، މަސްކައްކައި މަސްވެރިކަމާއި ގުޅޭ މަސައްކަތް ކުރުމަށް ބިން ކުއްޔަށް ދިނުމަށްވަނީ ނިންމާފައެވެ.
ވީމާ، މަސްކައްކައި މަސްވެރިކަމާއި ގުޅޭ މަސައްކަތް ކުރުމަށް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓަރީ ކުރެއްވުމަށްފަހު, ޕްރޮޕޯސަލް ހުށަހެޅުމަށް ދެންނެވީމެވެ. ރަޖިސްޓަރީވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށްއެދޭ އޮންލައިން ފޯމް ފުރުއްވުން އެދެމެވެ. ފޯމުގެ ލިންކް އިއުލާނުގައި ހިމެނިފައި ވާނެއެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ކަމުގައި ދެންނެވީމެވެ. ޕްރޮޕޯސަލް ހުށައަޅާނީ މިއިޢުލާނާއެކު ދެވިފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ. މައުލޫމާތު މިއިޢުލާނާއެކު ގެޒެޓުކުރެވިފައިވާނެއެވެ.
ޕްރޮޕޯސަލް ހުށައެޅުމަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް: https://forms.office.com/r/xr8PZhg4ac
|
ބައިވެރިވާ ފަރާތްތަކުން ކުރަންޖެހޭ މަސައްކަތް |
ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓަރީ ކުރުމާއި ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތަން |
ދުވަސް |
ތާރީޙް |
ގަޑި |
|
ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓަރީވުމުގެ ސުންގަޑި |
އިހަވަންދޫ ކައުންސިލްގެ އިދާރާ |
އާދިއްތަ |
08 ފެބުރުވަރީ 2026 |
23:59 އަށް |
|
ޕްރޮޕޯސަލް ހުށަހެޅުން |
އިހަވަންދޫ ކައުންސިލްގެ އިދާރާ |
ހޯމަ |
16 ފެބުރުވަރީ 2026 |
13:00 |
މިކަމަށް އެދި ޕްރޮޕޯސަލް ހުށައެޅޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއެއް ގެންނަންވާނެއެވެ. ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ، ސިޓީއުރައަށް ލައި ބަންދުކޮށް ނުވަތަ ބައިންޑުކޮށް ނުވަތަ އެއްހީރާސްކޮށް، މަސްކައްކައި މަސްވެރިކަމާއި ގުޅޭ މަސައްކަތް ކުރުމަށް ކުއްޔަށް ހިފުމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްކަން އެނގޭ ގޮތަށް ސިޓީއުރައިގެ ބޭރުގައި ލިޔުއްވާފައެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
14 ޝަޢްބާން 1447