މަސައްކަތް
ނަންބަރު: (IUL)GS118/2026/01
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:33
ސުންގަޑި: 16 ފެބުރުވަރީ 2026 13:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ސުކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއިގުޅޭ

ނަމްބަރު:01/2026/(IUL) GS118

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ފޮއްދޫ ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

  1.  މި ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2.  ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  3. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން02 ފެބްރުއަރީ 2026 އިން 08  ފެބްރުއަރީ 2026 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 12:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ ގުޅުވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
  4. މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  09  ފެބްރުއަރީ 2026 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ. ނުވަތަ މިސްކޫލްގެ ނަމްބަރ 6560570 ނަމްބަރ ފޯނާ ގުޅުއްވުން އެދެމެވެ.

5. މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 09 ފެބްރުއަރީ 2026 ވާ ހޯމަ  ދުވަހުގެ 13:00 ގައިމިސްކޫލްގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑު އަދި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. ބިޑް ހުށައެޅޭނީ ކަނޑައެޅިފައިވާ ތާރީޚްގައި ނަން ނޯޓްކޮށްފައިވާ ފަރާތްތަކަށެވެ.

 

6. ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ 16 ފެބްރުއަރީ 2026 ވާ ހޯމަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.

 

7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފޮއްދޫ ސްކޫލް

ނ.ފޮއްދޫ، ދިވެހިރާއްޖެ

ފޯން: 6560570

   [email protected]އީމެއިލް ކުރާނީ:   

02 ފެބުރުވަރީ 2026