ދިވެހިރާއްޖެ
ހއ. ވަށަފަރު މަސްޖިދުލް ހުދާގައި ހަރުކޮށްފައިހުރި 04 އެއަރކޮންޑިޝަން ސަރވިސްކުރުމާއި، އިތުރު 02 އެއަރކޮންޑިޝަން އިންސްޓޯލްކޮށްދިނުން އަދި މަސްޖިދުލް އިޢުތިޒާޒުގައި ހަރުކޮށްފައި ހުރި 01 އޭސީ ސަރވިސްކޮށް، 02 އެއަރކޮންޑިޝަން އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 ފެބުރުއަރީ 09 ވާ ހޯމަ ދުވަހުގެ 13:00 އަށް މިމަސައްކަތުގެ އަގު ހުށަހަޅާ ފޯމާއި ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
މިމަސައްކަތްކުރުމަށް އެދި ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ ތިރީގައިވާ އީމެއިލްއަށް ނުވަތަ ފޯނު ނަމްބަރަށް ގުޅުއްވުން އެދެމެވެ.
އީމެއިލް އެޑްރެސް: [email protected]
ފޯން : ރަސްމީ ގަޑީގައި ނަމަ 6500039 އަށް ނުވަތަ 9642399 / 9157188 އަށް.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.