ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)313-MI/313/2026/10
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:26
މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭގައި ދިރިއުޅޭ ރަށުގެ ރަށްވެހިންގެ ދަފްތަރު އެކުލަވާލުން

މާލޭގައި ދިރިއުޅޭ ރަށުގެ ރަށްވެހިންގެ ދަފްތަރު އެކުލަވާލުން

     ބ.ކުޑަރިކިލު ރަށްވެހިންގެ ތެރެއިން މާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކައުންސިލުން ދަނީ ކުރަމުންނެވެ. އެގޮތުން މާލޭގައި ދިރިއުޅޭ ފަރާތެއްކަން އަދި ދިރިއުޅެމުންދާ މުއްދަތު ކަނޑައަޅާނީ މި އިދާރާއަށް ހުށަހަޅާ ލިޔުންތަކަށް ބެލުމަށްފަހުގައެވެ.

 

ރަށުގައި ދިރިނޫޅޭކަން އަންގައިދިނުމަށް ހުށަހެޅިދާނެ ލިޔެކިއުން

1. ޕެންޝަން ސްކީމަށް ހިއްސާކުރާ ވަޒީފާދޭ އަމިއްލަ ފަރާތަކުން ދޫކޮށްފައިވާ ރަސްމީ ވަޒީފާގެ ލިޔުން ނުވަތަ ސަރުކާރުގެ އިދާރާތަކުން ދޫކޮށްފައިވާ ވަޒީފާ އަދާކުރިކަމުގެ ލިޔުން (މިލިޔުމުގައި ވަޒީފާ އަދާކުރަންފެށި ތާރީޚާއި، ލިޔުން ދޫކުރި ފަރާތުގެ ނަމާއި ސޮޔާއި ސިއްކަ ޖަހާފައި އޮތުން) އަދި ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނު) ތަސްދީޤުކުރުމުގެ ކުރިން ވަޒީފާ އަދާކޮށްފައިވާ ފަރާތެއްކަމުގައިވާނަމަ، ވަޒީފާދޭ އަމިއްލަ ފަރާތްތަކުން ދޫކޮށްފައިވާ ރަސްމީ ވަޒީފާގެ ލިޔުން ނުވަތަ ސަރުކާރުގެ އިދާރާތަކުން ދޫކޮށްފައިވާ ވަޒީފާ އަދާކުރިކަމުގެ ލިޔުން (މިލިޔުމުގައި ވަޒީފާ އަދާކުރަންފެށި ތާރީޚާއި، ލިޔުން ދޫކުރި ފަރާތުގެ ނަމާއި ސޮޔާއި ސިއްކަ ޖަހާފައި އޮތުން)

2. މާލޭގެ ތަޢުލީމީ މަރުކަޒަކުން ތައުލީމު ހާސިލުކޮށްފައިވާކަން އެނގޭނެ ލިޔުން

3. ދައުލަތުގެ އިދާރާއަކުން އެއިދާރާއިން ރަސްމީކޮށް ބަލަހައްޓާ ލިޔެކިޔުންތަކުގެ މަޢުލޫމާތުން، މާލޭގައި ދިރިއުޅެފައިވާ މުއްދަތު ސާބިތުވާކަމުގެ ލިޔުމެއް

4. މާލޭގައި ދިރިއުޅޭކަން ސާބިތުކޮށްދިނުމުގެ ގޮތުން ޕަބްލިކް ނޯޓަރީއެއްގެ ކުރިމަތީގައި ހުވައެއްކޮށް، އެމީހަކު މާލޭގައި ދިރިއުޅެފައިވާގޭގެ ވެރިފަރާތުން ދީފައިވާ، މި އިޢުލާނާއިއެކު ގެޒެޓްކޮށްފައިވާ ނަމޫނާއާއި އެއްގޮތަށް، ނޮޓޮރައިޒްކޮށް ހުށަހަޅާ އެފިޑެވިޓް

   ރަޖިސްޓްރީވާ ފޯމްގެ ލިންކް: https://form.jotform.com/260320283054042

   

ވީމާ ދަފްތަރުގައި ރަޖިސްޓްރީވުމަށްޓަކައި އިޢުލާނުގައިވާ ލިންކް މެދުވެރިކޮށް މައުލޫމާތު ފުރިހަމަ ކުރެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ފެބުރުވަރީ 2026