ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)1-CSO(FM)/1/2026/19
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 09 ފެބުރުވަރީ 2026 10:30
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހަށް ބޭނުންވާ ޓަވަރ ވަރކްސްޓޭޝަން ވިއްކާނެ ފަރާތެއް ހޯދުން

އިޢުލާނު 

މި އޮފީހަށް ބޭނުންވާ ޓަވަރ ވަރކްސްޓޭޝަން ވިއްކާނެ ފަރާތެއް ހޯދުން 

މި އޮފީހަށް ބޭނުންވާ ޓަވަރ ވަރކްސްޓޭޝަން ވިއްކާނެ ފަރާތެއް ހޯދުމަށް 22 ޖަނަވަރީ 2026 ގައި ކުރި، މި އޮފީހުގެ ނަންބަރު (IUL)1-CSO(FM)/1/2026/9 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް އެއްވެސް ފަރާތަކުން ހާޟިރުވެފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ. 

މި ޓަވަރ ވަރކްސްޓޭޝަން ވިއްކުމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓަރީވުމަށް މި އިޢުލާނުގައިވާ އީމޭލު އެޑްރެހަށް މިދަންނަވާ މައުލޫމާތު، 2026 ފެބުރުވަރީ 9 ވާ ހޯމަ ދުވަހުގެ 10:30 ގެ ކުރިން މޭލު ކުރުން އެދެމެވެ. މައުލޫމާތު ފުރިހަމަ ނުވާ، އަދި މުއްދަތު ހަމަވުމުގެ ފަހުން، ރަޖިސްޓްރީ ވުމަށް ފޮނުވާ އީމޭލުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ކުންފުނީގެ ނަން:

ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަން:

އީ-މޭލު:

ފޯނު ނަންބަރު:

ބީލަމުގައި ރަޖިސްޓްރީ ވުމަށާއި މައުލޫމާތު ސާފުކުރުމަށް [email protected] އަށް މޭލުކުރުން އެދެމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2026 ފެބުރުވަރީ 9 ވާ ހޯމަ ދުވަހުގެ 10:30 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، 2026 ފެބުރުވަރީ 12 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މި އޮފީހަށް ޙާޟިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.  

14 ޝަޢުބާން 1447

 

02 ފެބުރުވަރީ 2026