ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-C/374/2026/1
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 12 ފެބުރުވަރީ 2026 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
02 ބިން ކުއްޔަށް ދޫކުރުން

  1. ވެޔޮދޮށުމަގާއި ، ކުޑަގަނޑުވަރު މަގާއި ގުޅޭގޮތަށް އެދެމަގުގެ ދެކުނު ކަންމައްޗަށްވާގޮތަށް އޮތް 2656.57 އަކަފޫޓުގެ ބިމާއި  ، ( ޑޭލައިޓު ކުލަބުގެ އިދާރީ އޮފީސް ހުރި ބިން )
  2. ސީނުބީމަގާއި ، އޯކިޑުމަގާއި ގުޅޭ އިރުދެކުނު ކަންމައްޗަށް ވާގޮތަށް އޮތް 1113.21 އަކަފޫޓުގެ ބިން ( ގައު އަޅާބިން ) ކުއްޔަށް ދޫކުރުމަށް ކައުންސިލްގެ 04 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 01 ވަނަ ޖަލްސާއިން ވަނީ ނިންމާފައެވެ.

މިބިންތަކާއި ގުޅޭ އިތުރު ތަފްޞީލު މައުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. މައުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރާއި، ވެބުސައިޓާއި، ފޭސްބުކުޕޭޖުގެ  އިތުރުން ގެޒެޓުން ނެގެން ހުންނާނެއެވެ. މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް 2026 ފެބުރުވަރީ 02 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި މައުލޫމާތު ކަރުދާސް ނެންގެވޭނެއެވެ.

ވީމާ މިބިން ކުއްޔަށް ނަންގަވަން ޝައުޤުވެރިވާ ފަރާތްތަކުން 2026 ފެބުރުވަރީ 12  ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމު މިއިދާރާގެ ވެބްސައިޓުން : www.fncl.gov.mv  ޑައުންލޯޑް ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމް ހުށަހަޅުއްވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ކުއްޔަށް ދޫކުރާ ބިން ލިބުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށްޓަކައި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.

  ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

01 ފެބުރުވަރީ 2026 

01 ފެބުރުވަރީ 2026