ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)757/2026/01
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 09 ފެބުރުވަރީ 2026 14:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އުމްރާ އަދި ޙައްޖަށް ދިއުމަށް ޖަހަންޖެހޭ ވެކްސިން ޖެހުމަށް ނަންނޯޓު ކުރުން

1447 ވަނަ އަހަރުގެ ޙައްޖަށް އަދި 2026 ވަނަ އަހަރުގެ ކުރީކޮޅު އުމްރާއަށް ދިއުމަށް ގަސްތުކުރާ ފަރާތްތަކަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން، މިދިޔަ އަހަރެކޭ އެއްގޮތަށް ރަށުގައި ހުރެގެން ވެކްސިން  ފުރިހަމަ ކުރުމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފައެވެ.

އެހެން ކަމުން، ޙައްޖު ނުވަތަ އުމްރާއަށް ދިއުމަށް ގަސްތުކުރައްވާ ފަރާތްތަކުން، ފާއިތުވެދިޔަ 1 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި ޕޯލިއޯ އަދި އިންފުލުއެންޒާ ވެކްސިން އަދި ފާއިތުވި 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި މެނިންޖައިޓިސް ވެކްސިން ޖަހާފައި ނުވާނަމަ، އެ ފަރާތްތަކުން 09 ފެބްރުއަރީ 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި  މަރުކަޒަށް ވަޑައިގެން ނުވަތަ ރަސްމީ ގަޑީގައި މި މަރުކަޒުގެ ފޯނު ނަންބަރަށް (6560609) ގުޅުއްވައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ.

ވެކްސިން ޖަހަންޖެހޭ މުއްދަތު، ވެކްސިންގެ އަގު އަދި އެހެނިހެން މައުލޫމާތު ތިރީގައިވާ ތާވަލުގައި ހިމެނިފައިވާނެއެވެ.

އަގު

ދޭންޖެހޭ މުއްދަތު

ދޭގޮތް

ޑޯޒް

ވެކްސިން

ޑޯޒަކަށް 30ރ

އަހަރަކު 1 ފަހަރު

އަނގަ އަށް

1 ޑޯޒް (2 ތިކި)

ޕޯލިއޯ ވެކްސިން

ޑޯޒަކަށް 175ރ

5 އަހަރުން 1 ފަހަރު

މަސްގަނޑަށް

1 ޑޯޒް

މެނިންޖައިޓިސް ވެކްސިން

ބޭސްފިހާރައިން ގަނެގެން

އަހަރަކު 1 ފަހަރު

މަސްގަނޑަށް

1 ޑޯޒް

އިންފުލުއެންޒާ ވެކްސިން

02 ފެބުރުވަރީ 2026