ދިވެހިރާއްޖެ
ކިހާދޫގެ ދެކުނުފަރާތުން އަލަށް ރަށުގެ ބައެއްގެގޮތުގައި އިތުރުކުރެވުނު ބިން ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބީލަމުގައި ރަޖިސްޓްރީވުން:
ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން 2026 ފެބްރުއަރީ 09 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭފޯމް ފުރިހަމަކޮށް މި އިދާރާގެ އީމެއިލް:[email protected] އަށް އީމެއިލް ކުރައްވާ ނުވަތަ މި އިދާރާގެ ކައުންޓަރަށް ހުށަހަޅުއްވާ ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެއެވެ.
މަޢުލޫމާތު ސާފުކުރުން:
ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 2026 ފެބްރުއަރީ 11 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:30 ގައި، މުޙައްމަދު އަބޫބަކުރު ޕްރީސްކޫލްގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
މިމަސައްކަތާގުޅޭ މަސައްކަތުގެ ތަފްސީލް ކަރުދާސް އިޢުލާނާއެކު ބެހެއްޓިފައިވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން:
ބީލަން ހުޅުވުން އޮންނާނީ 2026 ފެބްރުއަރީ 15 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:30 ގައި، މުޙައްމަދު އަބޫބަކުރު ޕްރީސްކޫލްގައެވެ.
ބީލަމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އީމެއިލް އެޑްރެހަށެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.