ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)325-A/325/2026/6
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 10:12
ސުންގަޑި:
10 ފެބުރުވަރީ 2026 10:00
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން.
ޤާނޫނު ނަމްބަރ: 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫން ގެ 107 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން ފެބުރުއަރީ މަހު ބާއްވާ ޢާންމު ބައްދަލުވުން 10 ފެބުރުއަރީ 2025 ވާ އަންގާރަ ދުވަހުގެ 10:00 ގައި ޕްރީ ސްކޫލްގެ އީ ސެންޓަރ ހޯލްގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި 2025ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓް ރައްޔިތުންނާއި ޙިއްސާކުރެވޭނެއެވެ. އަދި މި ރިޕޯޓްތައް ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު ކައުންސިލް އިދާރާގައި ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ މި ބައްދަލުވުމަށް އެންމެހައި ބޭފުޅުންނަށް ދަޢުވަތު އަރުވާ މިކަން ޢާންމުކޮށް އެންގުމަށް އިޢްލާނު ކުރީމެވެ.
14 ޝަޢުބާން 1447
02 ފެބުރުވަރީ 2026