ދިވެހިރާއްޖެ
އިޢުލާނު
ޓޫރިޒަމް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން
ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ތަރައްޤީކޮށް، އެ ސިނާއަތުގެ ކުރިމަގު ބައްޓަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް ބޭނުންވާ ލަފައާއި މަޝްވަރާ ދިނުމަށްޓަކައި، "ޓޫރިޒަމް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ" ގެ ނަމުގައި އުފެއްދުމަށް ހަމަޖެހިފައިވާ ކޮމިޓީއަށް، ތިރީގައި ދަންނަވާފައިވާ ދާއިރާތައް ތަމްސީލުކުރާ މެންބަރުން ޢައްޔަންކުރުމަށްޓަކައި، މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން 16 ފެބުރުވަރީ 2026 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލައި، އެކަން އިޢުލާނުކުރަމެވެ.
|
# |
ތަމްސީލުކުރާ ދާއިރާ |
މެންބަރުންގެ ޢަދަދު |
|
1. |
ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޕްރައިވެޓް ސެކްޓަރގެ ކުންފުނިތަކުން. (ޓޫރިސްޓް ހޮޓާ / ރިސޯޓް / ގެސްޓްހައުސް އޮޕަރޭޓަރުން، ޓްރާންސްޕޯޓް އޮޕަރޭޓަރުން-އެއަރލައިން އެއަރޕޯޓްތައް، ޓްރެވަލް އެންޑް ޓުއަރ އޮޕަރޭޓަރުން، ޓްރަވެލް އެޖެންސީތައް) |
4 |
|
2. |
ފަތުރުވެރިކަމުގެ ދާއިރާގެ ޢިލްމީ / ފަންނީ ތަޖުރިބާކާރުން. (ޓޫރިޒަމް ޑިވެލޮޕްމަންޓް / ސަސްޓެއިނަބިލިޓީ / ކަލްޗަރ |
1 |
|
3. |
ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި މަދަނީ ޖަމުޢިއްޔާ ޖަމާއަތްތައް |
1 |
|
4. |
ރާއްޖޭގައި ހިންގަމުންގެންދާ ރިސޯޓް / ގެސްޓްހައުސް / ސިޓީ ހޮޓާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން، ތިރީގައި މިވާ ދާއިރާތަކުން ވަޒީފާއަދާކުރާ ފަރާތްތައް: |
|
|
- |
ހޮސްޕިޓަލިޓީ އެންޑް ގެސްޓް ސަރވިސަސް |
1 |
|
- |
ފުޑް އެންޑް ބެވަރެޖް |
1 |
|
- |
ހައުސް ކީޕިންގ |
1 |
|
- |
ރެކްރިއޭޝަން އެންޑް އެންޓަރޓެއިންމަންޓް |
1 |
|
- |
މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން |
1 |
|
- |
ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް |
1 |
|
5. |
ސަފާރީތަކާއި ލިވްއަބޯޑް އަދި ބެއަރބޯޓްގެ ޚިދުމަތްދޭ ފަރާތްތައް |
2 |
ކޮމިޓީގެ މަސްޢޫލިއްޔަތުތައް:
ތިރީގައިވާ ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ބޭނުންފުޅުވާ ލަފައާއި މަޝްވަރާ ދިނުން:
- ފަތުރުވެރިކަމުގެ ސިނާއަތުގެ ތަރައްޤީއަށް ހުރި ހުރަސްތައް ދެނެގަނެ، އެކަށީގެންވާ ޕޮލިސީ އިންޓަރވެންޝަންތައް ކަނޑައެޅުމާގުޅޭ ގޮތުން ލަފައާއި މަޝްވަރާ ދިނުން.
- ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ގެންނަންޖެހޭ ބަދަލުތަކާއި، މި ސިނާއަތުގެ ސަބް ސެކްޓަރތައް ޑައިވާސިފައިކުރުމަށް ކަލްޗަރަލް ޓޫރިޒަމް، އިކޯ ޓޫރިޒަމް، ވެލްނެސް ޓޫރިޒަމް، ޑިޖިޓަލް ނޮމެޑް ޓޫރިޒަމް، ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމްފަދަ ކަންކަން ކުރިއެރުވުމާބެހޭ ގޮތުން ލަފައާއި މަޝްވަރާ ދިނުން.
- ބައިނަލްއަގުވާމީ މާކެޓްތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ޑެސްޓިނޭޝަން ބްރޭންޑިންގއާއި ވިޒިޓަރ އެކްސްޕީރިއަންސް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތަކާބެހޭ ގޮތުން ލަފައާއި މަޝްވަރާ ދިނުން.
- ފަތުރުވެރިކަމުގެ ސިނާއަތުގެ ތަރައްޤީއަށް މުހިންމު އިންފްރާސްޓްރަކްޗަރގެ ވަސީލަތްތަކާއި، ޑިޖިޓަލް ނިޒާމާއި، އެހެނިހެން ޚިދުމަތްތައް ގާއިމުކުރުމުގައި އިސްކަންދޭނެ ގޮތްތަކާބެހޭ ގޮތުން ލަފައާއި މަޝްވަރާ ދިނުން.
- ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމާއި، އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރާއި ގާބިލުކަން އިތުރުކުރުމާއި، އެ ދާއިރާއިން ދިވެހިންނަށް ފަހި ފުރުޞަތުތައް ހޯދައިދިނުމާބެހޭ ގޮތުން ލަފައާއި މަޝްވަރާ ދިނުން.
- ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓްކުރުމުގެ ފުރުސަތުތައް ފަހިކުރުމަށް އިންވެސްޓްމަންޓް އިންސެންޓިވް މެކޭނިޒަމްތައް ތަޢާރުފުކުރުމާއި، ސްޓްރެޓީޖިކް ޕާޓްނަރޝިޕްތައް ގާއިމުކުރުމާބެހޭ ގޮތުން ލަފައާއި މަޝްވަރާ ދިނުން.
ޓޫރިޒަމް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަމަށް ޢައްޔަންކުރާނީ ތިރީގައިވާ އަސާސީ ޝަރުތުތައް ފުރިހަމާވާ ފަރާތްތައް ކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
- ދިވެހި ރައްޔިތަކު ކަމުގައިވުން؛
- އުމުރުން 18 އަހަރު ވެފައިވުން؛
- ތަމްސީލުކުރާ ދާއިރާއާގުޅޭ ފަންނީ ޤާބިލުކަމާއި ތަޖުރިބާ ލިބިފައިވުން؛
- ޖިނާއީ ކުށެއް ކުރިކަން ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
ވީމާ، ޓޫރިޒަމް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، އަންނަނިވި ލިޔުންތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
- މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު
- ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރިކޯޑު ފޯމު (އިޢުލާން ކުރި ތާރީޚަށްވުރެ ފަހުން ދޫކޮށްފައިވާ ރިކޯޑުތަކަށްވުން)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ (މުއްދަތު ހަމަނުވާ)
- ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ.)
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ (އެކްރެޑިޓްކޮށް، އެޓެސްޓްކޮށްފައިވާ) ފޮޓޯކޮޕީ
- ވަޒީފާ އަދާކުރަމުންދާނަމަ ނުވަތަ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާތައް އެނގޭނެ ގޮތަށް، އެ ވަޒީފާތައް އަދާކުރި މުއްދަތާއި، އެ ވަޒީފާތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ ލިޔުންތަކުގެ ފޮޓޯކޮޕީ
- ދިވެހިރާއްޖޭގައި ވަކާލާތު ކުރުމުގެ ހުއްދަ ނުވަތަ އެނޫންވެސް އެހެން ހުއްދައެއް ލިބިފައިވާނަމަ އެ ހުއްދައިގެ ފޮޓޯކޮޕީ
ޓޫރިޒަމް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމަށްޓަކައި ހުށަހަޅަންޖެހޭ ލިޔުންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދުދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި މި ފޯމުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވެބްސައިޓުގެ އެޑްރެހަކީ presidency.gov.mv އެވެ.