ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް އެމަޖެންސީ މެޑިކަލް ސާވިސް އާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އައު އިމާރާތުގައި ނެޓްވޯކް ކޭބަލް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 1 ފެބްރުއަރީ 2026 ވާ އާދިއްތަ ދުވަހުން ފެށިގެން 8 ފެބްރުއަރީ 2026 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ ޕްރީބިޑް ސެޝަން އޮންނާނީ 10 ފެބްރުއަރީ 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި ހުޅުމާލޭ މަންހަޓަން ގްރޭންޑް ހޮޓެލް ބިލްޑިންގ ގައެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 12 ފެބްރުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 11 ފެބްރުއަރީ 2026 ވާ ބުދަ ދުވަހު މެންދުރުފަސް 13:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި، ޕްރިބިޑް އަދި ސައިޓް ސާރވޭ ސެޝަންގައި ބައިވެރިނުވާ ފަރާތްތަށް، އަދި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
13 ޝައުބާން 1447 ހ.