ދިވެހިރާއްޖެ
މި އެޖެންސީގައިހުރި ބާ ތަކެތި ދުވަހު ނީލަމުގައި ވިއްކުން
މި އެޖެންސީގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއްތަކެއްޗާއި ބޭނުންނުކުރާ ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުމަށްވަނީ ހަމަޖެހިފައެވެ. މިނީލަމާއި ގުޅޭ އިތުރު މަޢްލޫމާތު ތިރީގައިއެވަނީއެވެ.
ނީލަންކިޔާ ދުވަސް: 8 ފެބްރުއަރީ 2026
ނީލަންފަށާ ގަޑި: 11:00
ނީލަން ކިޔުންއޮންނާނެތަން: މޫކައި ސުއިޓްސް 3 ވަނަ ފަންގިފިލާ
މި ނީލަމުގައި ނީލަންކިޔާތަކެތި ބަލަން ބޭނުންފުޅުވާ ފަރާތްތަކުން 4 ފެބްރުވަރީ 2026 ވަނަ ދުވަހުގެ 11:00 އަށް މޫކައި ސުއިޓްސްގެ 3 ވަނަ ފަންގިފިލާއަށް ޙާޞިރުވުންއެދެމެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢްލޫމާތާއި، ނީލަން ފެށޭއަގު މި އިޢްލާނާއިއެކު އެއްކަރުދާސް ކޮށްފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 4 ފެބުރުވަރީ 2026 ވަނަދުވަހު 11:00އަށް މޫކައި ސުއިޓްސްއަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުންއެދެމެވެ.
މި ނީލަން ކާމިޔާބުކުރާ ފަރާތްތަކުން، ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި، ނީލަމުން ނެގި ތަކެތީގެ ފައިސާ މާލީކަންކަމާއި އަދި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ދެއްކުމަށްފަހު، ސަރުކާރު ބަންދުނޫން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންގޮސް ތަންހުސްކުރަންޖެހޭނެއެވެ. މި މުއްދަތުގައި ނުގެންގޮސްހުންނަ ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާނުކުރީމެވެ.
01 ފެބުރުވަރީ 2026