ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)280-PLA/INDIV/2026/9
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި:
10 ފެބުރުވަރީ 2026 13:00
މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2026 ވަނަ އަހަރު ޕްރީސްކޫލް ބޯޑް އިންތިޚާބުކުރުން
ޅައިމަގުޕްރީސްކޫލް ބޯޑު އިންތިޚާބުކުރުމަށް ބޭނުންވެއެވެ. ޕްރީސްކޫލް ބޯޑު އެކުލެވިގެންވަނީ 10 މެމްބަރުންގެ މައްޗަށެވެ. އެއީ
- ސްކޫލް ބެލެނިވެރިންގެ ތެރެއިން 2 މެމްބަރުން.
- ސްކޫލް މުދައްރިއްސުންގެ ތެރެއިން 3 މެމްބަރުން.
- ސްކޫލް މެނޭޖްމަންޓުން 3 މެމްބަރުން.
- އާންމު ރައްޔިތުންގެ ތެރެއިން 2 މެމްބަރުން.
މީގެތެރެއިން އިންތިޚާބުކުރުމަށް ހަމަޖެހިފައިވަނީ ބެލެނިވެރިންގެ ތެރެއިން 2 މެމްބަރުންނާއި، އާންމު ރައްޔިތުންގެ ތެރެއިން 2 މެމްބަރުންނެވެ.
ވީމާ، ޕްރީސްކޫލްގެ ބެލެނިވެރިންގެ ތެރެއިންނާ، ޢާންމު ރައްޔިތުންގެ ތެރެއިން ޕްރީސްކޫލް ބޯޑުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 ފެބްރުއަރީ 10 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް ސިޓީ ފޮނުންވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރަމެވެ.
01 ފެބުރުވަރީ 2026