ދިވެހިރާއްޖެ
(IUL)297-PS/297/2026/13ނަންބަރު
އިޢުލާން
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
1447 ވަނަ އަހަރުގެ ރަމަޟާން މަހު ޙިފްޡް ކޮށް އިމާމްވެ ތަރާވީހް ނަމާދު ކުރައްވާ އިމާމް ހުންނެވުމަށް 1 (އެކެއް) މަސް ދުވަހަށް 1 ކޮޓަރި ( އޭސީ ، ފާޚާނާ ، ދޮވެއިސްތިރި ކުރުމުގެ ހިދުމަތް ފޯރުކޮއްދިނުމާއެކު ، ކޭބަލް ޓީވީ ، އިންޓަރނެޓް ޙިދުމަތާއެކު ) އަދި ކެއިންބުޔުމުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި ޚިދުމަތް ފޯރުކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ، 2026 ފެބްރުއަރީ 09 ވާ ހޯމަ ދުވަހުގެ 11:00އަށް މިއިދާރާއަށް ހާޒިރުވެ އަގު ބަޔާންކުރާ ކޯޓޭޝަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.
|
ކޯޓޭޝަން ވަޒަންކުރާނެގޮތް |
އިންސައްތަ |
|
އަގު |
100% |
ހުރިހާ ކޯޓޭޝަނެއް ބަލައިގަނެވޭނީ ދެވިފައިވާ ސުންގަޑީގައި އެއްހާޒިރުގައެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު: 6567980 ފޯނަށް ގުޅުއްވުން އެދެމެވެ.
މިފުރުޞަތުގައި މި ޚިދުމަތް ހިލޭ ސާބަހަށް މި ޚިދުމަތް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތުވެސް އޮތްވާހަކަ ދަންނަވަމެވެ.
މިހެންވެމިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.