ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-EDS/304/2026/13
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 10:37
ސުންގަޑި:
08 ފެބުރުވަރީ 2026 13:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލް ޤުރްޢާން މުބާރާތް 1447 އިންސާފުކޮށްދޭނެ ފަނޑިޔާރުން ހޯދުމާއި ގުޅޭ (ދެވަނަ އިޢުލާން)
މިކައުންސިލުން ސިލްސިލާކޮށް ކުރިޔަށް ގެންދާ 'ކައުންސިލް ޤުރުއާން މުބާރާތް – 1447' މި އަހަރުގެ ރަމަޟާންމަހު ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން ޤުރުއާން މުބާރާތުގައި އިންސާފުކޮށް ފަނޑިޔާރުކަން ކޮށްދޭނެ 3 (ތިނެއް) ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ފަނޑިޔާރުކަމަށް ކުރިމަތިލެވޭނެ ފަރާތްތަކުގެ ޝަރުތުތައް:
- § ދިވެހި ރައްޔިތެއްކަމުގައިވުން.
- § ޤުރުއާނުން ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވާ ފަރާތްތައް ކަމުގައިވުން.
- ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނުހުރި ފަރާތްތަކެއްކަމުގައިވުން.
- ފަނޑިޔާރުންގެ ގޮތުގައި ހިމެނޭ ފަތާތްތަކަކީ މުބާރާތަށް ކިޔަވާ އެއްވެސް ބައިވެރިއަކަށް ތަމްރީންކޮށްދެއްވާ ފަރާތެއްކަމުގައި ނުވުން.
- މުބާރާތުގެ ބައިވެރިއަކާއި އާއިލީ ގުޅުމެއްއޮތް ފަރާތެއްކަމުގައި ނުވުން.
- ދުވާފަރު ނުވަތަ ކަނދޮޅުދޫ ރަށްވެއްސެއްކަމުގައި ނުވުން.
ފަނޑިޔާރުން ހޮވުމުގައި ލިބިފައިވަ ތަޖުރިބާއަށާއި މިރޮނގުން އެންމެމަތީ ސެޓްފިކެޓެއް ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ފަނޑިޔާރުކަން ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 08 ފެބްރުއަރީ 2026 ގެ 13:00 ގެ ކުރިން މިއިދާރާގެ މެއިލް [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ކޯޓޭޝަން ހުށަހަޅުއްވާނީ 3 ބޭފުޅުން ހިމެނޭ ޓީމެއްގޮތަށެވެ. އަދި ކޯޓޭޝަނާއިއެކު ތަޢުލީމީ ސެޓްފިކެޓްތަކާއި ދރއ.ކާރޑްގެ ސާފު ކޮޕީއަކާއި ތަޖުރިބާ ލިބިލައްވާފައިވާނަމަ ތަޖުރިބާގެ ލިޔުން ހުށަހަޅުއްވަންވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ ނާއިބް ރައީސް އިޒްމީލް އަޙްމަދު 7995821 ނަންބަރަށްށެވެ.
01 ފެބުރުވަރީ 2026