ދިވެހިރާއްޖެ
ކުރީއަހަރެކޭވެސް އެއްފަދައިން މިއަހަރުވެސް ކީރިތި ޤުރުއާނަށް ލޯބި އިތުރުކޮށް ޤުރުއާނަށް އަހުލުވެރި މުޖުތަމައެއް އުފެއްދުމުގެ މަޤްސަދުގައި ކައުންސިލުން ކުރިޔަށްގެންދާ ޕްރޮގްރާމްގެ ތެރެއިން މިއަހަރު ރަމަޟާން މަހު ޤުރުއާން ޚަތިމްކުރުމުގެ ޕްރޮގްރާމެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ކުރިޔަށްދާނީ ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ ގޮއިދޫގެ ރައްޔިތުންނާއި ގޮއިދޫގައި ދިރިއުޅޭ އެހެނިހެން ބޭފުޅުންގެ ތެރެއިން ބަލައިގެން ޤުރުއާން ކިޔަވަން އެނގޭ ބޭފުޅުންނަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ 12 ފެބްރުވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިންނެވެ. މި ޕްރޮގުރާމަށް ތިޔަ ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބޭ ތަރުޙީބަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.
ޚަތިމް ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި ރަޖިސްޓްރީ ވުމަށް ތިރީގައިވާ ކޮންމެވެސް އެއްގޮތެއް ހިޔާރުކުރެއްވުން އެދެމެވެ.
1- ކައުންސިލަށް ދުރުވެ ނަންނޯޓްކުރުން
2- ކައުންސިލް ވައިބަރ ނަންބަރ 7430055 އަށް “HATHIM KURUN 1447” ޖައްސަވާ އައިޑީކާޑުގެ ކޮޕީއާއި ގުޅޭނެ ފޯން ނަންބަރު ފޮނުވުން
3- ކައުންސިލް ރަސްމީ ފޯން ނަންބަރު 6600005 އަށް ރަސްމީގަޑީގައި ގުޅުއްވައިގެން ނަންނޯޓް ކުރުން
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.