ދެންނެވުން
ނަންބަރު: FAM/IUL/2026/004
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 17:15
ސުންގަޑި: 07 ފެބުރުވަރީ 2026 00:00
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޢާންމު އެންގުން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

މާލެ، ދިވެހިރާއްޖެ

No: FAM/IUL/2026/004

 

އެންގުން

މިއެސޯސިއޭޝަންގެ ނަންބަރު  FAM/IUL/2026/003 (6 ޖަނަވަރީ 2026) ގެ އިއުލާނާ ހަވާލާދީ ދަންނަވަމެވެ.

މާފަންނު ސްޓޭޑިއަމް ސަރަހައްދު (ކޮށީ ނަމްބަރު 387) ގައި ފީފާއިން ޚަރަދުކޮށްގެން ހަދަމުންދިޔަ ސްޕޯޓްސް އެރީނާ އާއި އޮފީސް ބިލްޑިންގއާއި އިންވެގެން، ފުޓްބޯޅަ ދަނޑުގެ ބޮޑު ދެ ދަނޑުހެދުމަށް މި އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ 9 ވަނަ ބައްދަލުވުމުން ނިންމާފައިވާ ސަރަޙައްދުގައި، މިއެސޯސިއޭޝަންގެ ނަންބަރު  FAM/IUL/2026/003 (6 ޖަނަވަރީ 2026) އިއުލާންގައި ބަޔާންކުރި 14 ދުވަސްގެ މުއްދަތުގައި، އަދިވެސް ބައެއް އަމިއްލަ ފަރާތްތަކުގެ މުދަލާއި، އުޅަނދު ނުނަގައި ހުރިކަން ފާހަގަ ކުރެވެއެވެ.

ވުމާއެކު ދަންނަވަމެވެ. މި އިޢުލާނާއެކު އެއްހީރަސްކޮށްފައިވާ ކުރެހުމުގައިވާގޮތަށް ފުޓްބޯޅަ ދަނޑު އަޅަން ކަނޑައަޅާފައިވާ ސަރަހައްދުގައި، އެއްވެސްފަރާތެއްގެ މުދަލެއް ނުވަތަ އުޅަނދެއް ނުވަތަ ވަގުތީގޮތުން ހަދާފައިވާ އިމާރާތެއް ހުރިނަމަ، 7 ފެބްރުއަރީ 2026 ގެ ނިޔަލަށް ނެގުމަށް ދަންނަވަމެވެ. އަދި މި މުއްދަތުގެ ތެރޭގައި ނުނަގާހުރި މުދަލެއް، އުޅަނދެއް ނުވަތަ ވަގުތީގޮތުން ހަދާފައިވާ އިމާރާތެއްވެސް އެބިމުގައި ހުރިނަމަ، އެތަކެތި މިއެސޯސިއޭޝަނުން ނަގާނެ ވާހަކަ ދަންނަވަމެވެ. މިބިން ހުސްކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި އެތަނުގައިހުރި އެއްވެސް މުދަލެއް ނުވަތަ އުޅަނދަކަށް ލިބޭ އެއްވެސް ގެއްލުމަކަށް މިއެސޯސިއޭޝަންގެ ފަރާތުން ޒިންމާ ނުނަގާނެވާހަކަ މިފުރުސަތުގައި ދެންނެވީމެވެ.

 

29 ޖަނަވަރީ 2026