ދިވެހިރާއްޖެ
އިޢުލާން
ގުޅީ ސްކޫލުގައި ޕޭރެންޓްހިޔާ ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
ގުޅީ ސްކޫލުގައި ޕޭރެންޓްހިޔާ ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިއީ، ގުޅީ ސްކޫލްގައި ޕޭރެންޓްހިޔާ ހެދުމަށްޓަކައި ކޮންޓްރެކްޓް އުޞޫލުން ކުރުވުމަށް ހުޅުވައިލެވުނު ބީލަމެވެ. މިޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 29 ޖަނަވަރީ 2026 ން 08 ފެބްރުވަރީ 2026 ގެ ނިޔަލަށް ކައުންސިލަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ވުމަށް ކުންފުނީގެ ރެޖިސްޓްރޭޝަން ކޮޕީ އަދި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީ ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 09 ފެބްރުވަރީ 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގައިވާ މެއިލް އެޑްރެހަށް މެއިލް ފޮނުއްވުންއެދެމެވެ. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 11 ފެބްރުވަރީ 2026 ވަނަ ދުވަހުގެ 11:00 ގައި ގުޅީ ސްކޫލް ގައެވެ. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
އީމެއިލް: [email protected]
އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުވާނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންވަމެވެ.