ދިވެހިރާއްޖެ
އިޢުލާން
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ 7 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖައްސާ، ޤުރުއާން ކިޔެވުމުގެ ރޫޙު އާލާކޮށް ދިރުވުމުގެ މަޤްޞަދުގައި ހިންމަފުށީ ކައުންސިލްގެ 7 ވަނަ ޤުރުއާން މުބާރާތް މިފެށޭ ރަމަޟާން މަހުގެ ފުރަތަމަ 10 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 29 ޖަނަވަރީ 2026 ން ފެށިގެން 10 ފެބްރުއަރީ 2026 ގެ 14:00 ގެ ނިޔަލަށް މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ލިބެން ހުންނާނީ ހިންމަފުށީ ކައުންސިލްގެ އިދާރާއިންނާއި ހިންމަފުށީ ސްކޫލުންނާއި ހިންމަފުށީ ޕްރީސްކޫލުންނެވެ. އަދި މި އިޢުލާނުގެ ގެޒެޓް ލިންކުން ޑައުންލޯޑް ކުރެވޭނެ އެވެ.
މިމުބާރާތުގެ ޚާއްޞަ ވަނަތަކަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:
- މުޅިމުބާރާތުން ހިތުން ކިޔެވުމުން 1 ވަނަ އަށް ޢުމްރާ ދަތުރު
- މުޅިމުބާރާތުން ބަލައިގެން ކިޔެވުމުން 1 ވަނަ އަށް ޢުމްރާ ދަތުރު
މީގެއިތުރުން މުބާރާތުގެ އެކިވަނަތަކަށް ކައުންސިލުން ކަނޑައެޅޭ ޚާއްޞަ އިނާމުތައް ހަމަޖެހިފައި ވާނެއެވެ.
މުބާރާތުގެ ޤަވާޢިދު މިއިޢުލާނާއެކު ޢާއްމުކުރީމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.