ދިވެހިރާއްޖެ
ނަންބަރ: IUL)244-ESMSMS/244/2026/2
އިޢުލާން
1447 ވަނަ އަހަރު ރަމަޟާންމަހު މިރަށު "މަސްޖިދުއް ނިބްރާސް" މިސްކިތުގައި އިމާމުވެ ޙިފްޘުކޮށް ތަރާވީޙު ނަމާދުކުރުމަށް ވަޑައިގަންނަވާ ޙާފިޘްގެ ބައެއް ޚިދްމަތްތައް ދަރުމައަށް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
ޙާފިޘަށް ހަމަޖެއްސުމަށް ބޭނުންވާ ބައެއް ޚިދްމަތްތައް:
- ޙާފިޘްގެ ހުރުމުގެ އިންތިޒާމް (1 އޭސީ ކޮޓަރި)
- ޙާފިޘްގެ ފަރިކޮޅުގެ އިންތިޒާމް
- 3 އިރު (ރޯދަ ވީއްލުމާއި، ރޭގަނޑު ކެއުމާއި، ހާރުކެއުން) އިންތިޒާމްކުރުން
- ރަމަޟާން މަސްފިޔަވާ ޚާފިޡް ރަށުގައި ހުންނަ ދުވަސްތަކުގައި ކެއުމުގެ އިންތިޒާމް ހަމަޖެއްސުން (ހެނދުނު ސައި، މެންދުރު ކެއުން، ހަވީރު ސައި، ރޭގަނޑު ކެއުން)
- ޙާފިޡުގެ އަންނައުނު ދޮވެ އިސްތިރިކުރުމުގެ އިންތިޒާމް
ވީމާ، މަތީގައި ދެންނެވިފައިވާ އިންތިޒާމްތައް ދަރުމައަށް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 02 ފެބްރުއަރީ 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާނަމަ، [email protected] ، [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރަސްމީ ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މި އިދާރާގެ ނަމްބަރު 6500035، 6500107 ފޯނަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.