ވަޒީފާގެ ފުރުޞަތު
ނަންބަރު: I/IUL/2026/24
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 09:11
ސުންގަޑި: 02 ފެބުރުވަރީ 2026 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެޕްލިކޭޝަން ޑިވެލޮޕްމަންޓް ކޮންސަލްޓަންޓް (އޭ.ޕީ.ޑީ)

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެޕްލިކޭޝަން ޑިވެލޮޕްމަންޓް ކޮންސަލްޓަންޓް (އޭ.ޕީ.ޑީ)

ވަޒީފާގެ ދާއިރާ:

އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ސޮފްޓްވެއަރ އިންޖިނިއަރިންގ ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

01

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (02 އަހަރު)

މުސާރަ:  

މަސައްކަތު ތަޖުރިބާ އަދި ތައުލީމީ ފެންވަރު ބެލުމަށްފަހު ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތީން.

ފެންވަރު ނުވަތަ ޝަރުޠު:

  • މަސައްކަތާ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާ އެކު ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 
  • ކެންޑިޑޭޓުން ހޮވުމުގައި ތިރީގައިވާ، އަދި މިނޫންވެސް ޒަމާނީ ޕްރޮގްރާމިންގ ލެންގުއޭޖް، ފްރޭމްވޯރކް، އަދި ދާއިރާތަކަށް އަހުލުވެރި ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެއެވެ: 
    • VueJS, React, Rust, TypeScript, JavaScript, Angular, Swift, ASP.Net, C#, Java, Kotlin
    • MSSQL, PostgreSQL
    • ގިޓް (Git)
  • އަދި ކެންޑިޑޭޓުން ހޮވުމުގައި ތިރީގައިވާ ކަންކަމަށް އިސްކަން ދެވޭނެއެވެ: 
    • ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ ދާއިރާގެ ހުނަރާއި ތަމްރީނާއި ތަޖުރިބާ 
    • ދާއިރާއާ ގުޅޭ ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށް އަމަލީ ބައިވެރިވުން ދެވިފައިވާ މިންވަރު  
    • ފަރިތަކަމާ އެކު މުއާމަލާތު ކުރުމުގެ ހުނަރު 
    • ޓީމެއްގައި ގުޅިގެން ރަނގަޅަށް މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން 

ދާއިރާގެ މައިގަޑު މަސައްކަތް:

  • ވެބް، މޯބައިލް، އަދި ޑެސްކްޓޮޕް އެޕްލިކޭޝަންތައް ޑިވެލޮޕްކުރުން.
  • އެޕްލިކޭޝަންތަކުގެ ޔޫޒަރ އިންޓަރެކްޝަންތައް/އިންޓަރފޭސްތައް ފަރުމާކުރުން.
  • އެޕްލިކޭޝަންތަކުގެ ބެކް-އެންޑް ޑިވެލޮޕްކުރުން.
  • އެޕްލިކޭޝަންތަކުގެ ފްރަންޓް-އެންޑް ޑިވެލޮޕްކުރުން.
  • ވެބް އޭޕީއައި އެޕްލިކޭޝަން ޑިވެލޮޕްކުރުން.
  • އެޕްލިކޭޝަންތަކަށް ބޭނުންވާ ޑޭޓާބޭސް ފަރުމާކޮށް ގާއިމުކުރުން.
  • ވެބް އެޕްލިކޭޝަންތަކަށް ބޭނުންވާ ސާވާ ސިސްޓަމްތައް ސެޓަޕްކޮށް ބެލެހެއްޓުން. 
  • އެޕްލިކޭޝަންތަކުގެ އޮތެންޓިކޭޝަން އަދި އެކްސެސް ކޮންޓްރޯލްއަށް ބޭނުންވާ ސިސްޓަމްތައް ފަރުމާކޮށް ޑިވެލޮޕްކުރުން ނުވަތަ ތާޑް ޕާޓީ ސިސްޓަމްތަކާ އިންޓަގްރޭޓްކުރުން. 

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

02 ފެބުރުވަރީ 2026 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 02 ފެބުރުވަރީ 2026 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މި މަޤާމަށް ހަމަޖެއްސުމުގައި ވަކިވަކި ފަރުދުންނަށް އިސްކަން ދެވޭނެ.

10 ޝަޢުބާން 1447

29 ޖަނަވަރީ 2026

29 ޖަނަވަރީ 2026