ދިވެހިރާއްޖެ
ކީރިތި ޤުރްއާނަށް ލޯބިޖެއްސުމުގެ މާތް މަޤްޞަދުގައި، އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ މާރިޗް 09 އާއި 19 އާއި ދެމެދުގެ ތާރީޚެއްގައި "ހޯނޑެއްދޫ ކައުންސިލްގެ 4 ވަނަ ޤުރްއާން މުބާރާތް" ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހޯނޑެއްދޫގެ ރަށްވެހިންނާއި، ހޯނޑެއްދޫއަށް ހިޖްރަކޮށް މި ރަށުގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް ވަނީ ހުޅުވާލެވިފައެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލާ ކިޔެވުމުގެ ގޮތްޕަށް ބަހާލައިގެންނެވެ. މުބާރާތުގެ އުމުރުފުރާތައް ތިރީގައި އެވަނީއެވެ.
މުބާރާތިގައި ބައިވެރިވާ އުމުރުފުރާތައް
|
# |
އުމުރުފުރާތައް |
|
01 |
5 އަހަރުން ދަށުގެ ޢުމުރުފުރާ |
|
02 |
5 އަހަރު ފުރި 7 އަހަރު ނުފުރޭ ޢުމުރުފުރާ |
|
03 |
7 އަހަރު ފުރި 9 އަހަރު ނުފުރޭ ޢުމުރުފުރާ |
|
04 |
9 އަހަރު ފުރި 12 އަހަރު ނުފުރޭ ޢުމުރުފުރާ |
|
05 |
12 އަހަރު ފުރި 15 އަހަރު ނުފުރޭ ޢުމުރުފުރާ |
|
06 |
15 އަހަރު ފުރި 18 އަހަރު ނުފުރޭ ޢުމުރުފުރާ |
|
07 |
18 އަހަރުން މަތީ ޢުމުރުފުރާ |
ވީމާ، މިމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ. މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިމިވާ ލިންކް މެދުވެރިކޮށް 22 ފެބްރުވަރީ 2026 ގެ 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ވީހާވެސް ގިނަ ފަރާތްތަކަށް މިމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހޯދައި ދިނުމުގެ ގޮތުން މިމުބާރާތުގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ކެޓަގަރީއެއް އިތުރުކުރެވިފައިވާނެއެވެ. މި ކެޓަގަރީގައި ބައިވެރިވާ ފަރާތްތަކުން ޚާއްސައެހީއަށް ބޭނުންވާ ފަރާތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް މިއިދާރާގެ ވައިބަރ ނަންބަރ 9660015 އަށް ފޮނުއްވުން އެދެމެވެ. މުބާރާތުގެ ޤަވާއިދު މި ޢިއުލާނާއެކު ޢާންމުކުރީމެވެ.
ބައިވެރވުމަށް އެދި ހުށަހަޅާ ފޯމް ލިންކް: https://forms.office.com/r/GUeXjLBQdJ