ދިވެހިރާއްޖެ
އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް(އިފާޑު)އާއި ދިވެހި ސަރުކާރާއި ޅައިމަގު ކައުންސިލާއި ޅައިމަގު އ.ތ.މ ކޮމެޓީ ގުޅިގެން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމްގެ ދަށުން "ޖެންޑަރ އެކްޝަން ލާރނިންގ ސިސްޓަމް(ގާލްސް) ޓްރެއިނިންގ ޕްރޮގްރާމް އާއި ހޯމް ގާޑްނިންގ(ގޭގައި ގަސްއިންދުން) ޓްރެއިނިންގ ޕްރޮގްރާމް" 2026 ފެބްރުއަރީ 8ވަނަ ދުވަހުން ފެށިގެން 4 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2026 ފެބްރުއަރީ 3 ވާ އަންގާރަ ދުވަހުގެ 14:00 ގެކުރިން ގޫގުލް ފޯމު މެދުވެރިކޮށް ނަން ނޯޓް ކުރެއްވުން އެދެމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
ގޫގުލް ފޯމު ލިންކު: