ބީލަން
ނަންބަރު: (IUL)336/336/2026/7
ޕަބްލިޝްކުރި ތާރީޚް: 28 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 03 ފެބުރުވަރީ 2026 10:00
މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިއްކި ބިމުގެ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

ހިއްކި ބިމުގެ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ހިއްކި ބިމުގެ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރ 336/336/2026/1 (IUL) އިޢުލާން ބާޠިލުކޮށް އަލުން ހުޅުވާލަމެވެ.

 

ތަން

ތާރީޙް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

ގުޅީ ސްކޫލް

3 ފެބްރުވަރީ 2026

އަންގާރަ

14:00

އަންދާސީ ހިސާބު ހުށަހެޅުން

ގުޅީ ސްކޫލް

8 ފެބްރުވަރީ 2026

އާދިއްތަ

14:00

 

މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 28 ޖަނަވަރީ 2026 ން 3 ފެބްރުވަރީ 2026 ގެ 10:00 ކުރިން ކައުންސިލަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރެއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރީ ރަޖިސްޓްރީ ކޮޕީ އަދި ރަޖިސްޓްރީ ކުރައްވަން ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ހުށައަޅަން ވާނެއެވެ.

އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުވާނެ ވާހަކަވެސް ދަންވަމެވެ. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އީމެއިލް ކުރައްވައި، ނުވަތަ  6640068 އަށް ގުޅުވުމަށް ދަންނަވަމެވެ. 

28 ޖަނަވަރީ 2026