ދިވެހިރާއްޖެ
މި ކޯޕަރޭޝަނަށް ޖެނެރަލް ލެޕްޓޮފް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
މި ކޯޕަރޭޝަނަށް ޖެނެރަލް ލެފްޓޮފް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން، 02 ފެބްރުއަރީ 2026 ވާ ހޯމަ ދުވަހު، 10:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ބިޑަށްރަޖިސްޓަރީ ކުރެއްވުން އެދެމެވެ. އަދި ތިރީގައި މި ދަންނަވާ ތާރީޚުގައި މިކޯޕަރޭޝަނަށް (ހ. ފަތަނގުމާގެ، މާލެ، 2 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތަފްސީލް |
ތަން |
ސުންގަޑި |
|
ބިޑް ރެޖިސްޓްރޭޝަން |
Supply and Delivery of General Laptops - (IUL)FDC-P/1/2025/08 – Fill out form ލިންކް މެދުވެރިކޮށް ރެޖިސްޓަރީ ނުކުރެވޭނަމަ، ރެޖިސްޓަރީ ކުރުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމުގެ 1 ގަޑިއިރު ކުރިން މިކޯޕަރޭޝަނަށް އެންގެވުން އެދެމެވެ. |
02 ފެބްރުއަރީ 2026 / 10:00 ގެ ކުރިން |
|
މައުލޫމާތު ސެޝަން އަދި މައުލޫމާތު ކަރުދާސް ދޫކުރުން |
ފަހި ދިރިއުޅުން ކޯޕަރޭޝަން، ހ ފަތަނގުމާގެ، މާލެ |
02 ފެބްރުއަރީ 2026 / 14:00 |
|
ބީލަން ހުށަހެޅުން |
ފަހި ދިރިއުޅުން ކޯޕަރޭޝަން، ހ ފަތަނގުމާގެ، މާލެ |
11 ފެބްރުއަރީ 2026 / 14:00 |
އަންދާސީ ހިސާބު ހުށަހެޅުއްވުމާ ގުޅޭ:
- މި ބިޑުގައި ބައިވެރިވެވަޑައިގެންނެވޭނީ ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
- ކޮންމެ ފަރާތެއްވެސް ވަޑައިގަންނަވާއިރު އެބޭފުޅެއްގެ އަމިއްލަ ގަލަމާއި ނޯޓުކަރުދާސް ގެނައުމަށް އެދެމެވެ.
- މި ބިޑުގެ މައުލޫމާތު ކަރުދާސް ހިއްސާ ކޮއްލެވޭނީ ހަމައެކަނި އިންފޮމޭޝަން ސެޝަންއަށް ދުރުވާ ބޭފުޅުންނަށެވެ.
- ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ.
- މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
- ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކު މި ކުންފުނީގެ ހެޑް އޮފީސް (ފަތަނގުމާގެ، ސޯސަން މަގު، ކ.މާލެ) ގައެވެ.
މި އިއުލާނާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ރަސްމީ ދުވަސްދުވަހު 09:00 – 14:00 ދެމެދު މި ކޯޕަރޭޝަނަށް 3341946 އަށް ގުޅުއްވުން
ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.