ދިވެހިރާއްޖެ
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން 16 ޖުލައި 2024 ގައި ގެޒެޓްގައި އާންމުކުރި 'ދަނޑުބިން ދޫކުރުމުގެ އުޞޫލު - ހދ. ކުމުންދޫ' ގެ ނަންބަރު: IUL)267-CA/267/2024/49) އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.
ދަނޑުބިމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ދީފައިވާ މުއްދަތުގައި ސޮއި ނުކުރައްވާ ފަރާތްތަކުގެ ބިންތަކާއި އެކު އަލުން ދަނޑުބިމަށް ހުޅުވާލާ ބިންތަކުގެ ޕްލޮޓް ނަންބަރުތައް އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި ދަންނަވަމެވެ. އިއުލާނާއި އެއްކަރުދާސް ކޮށްފައިވާ އެންމެހައި ޕްލޮޓްތައް ހުސްވަންދެން ހާޒިރުވާ ތަރުތީބުން ބިން ދޫކުރެވޭނެ ކަމުގައި ދަންނަވަމެވެ.
ވީމާ، ދަނޑުބިމަށް ފޯމު ލާފައިވާ ފަރާތްތަކުގެ ތެރެއިން ސޮއި ނުކުރައްވާ ފަރާތްތަކުން 01 ފެބުރުވަރީ 2026 ވާ އާދިއްތަ ދުވަހާއި 08 ފެބުރުވަރީ 2026 ވާ އާދިއްތަ ދުވަހާއި ދެމެދުގައި ކުމުންދޫ ކައުންސިލަށް ހާޒިރުވެ އެއްބަސްވުމުގައި ސޮއިކުރުމަށް ދަންނަވަމެވެ.