ކުއްޔަށް ދިނުން
ނަންބަރު: (IUL)227-AD-BD/227/2026/03
ޕަބްލިޝްކުރި ތާރީޚް: 27 ޖަނަވަރީ 2026
ޕަބްލިޝްކުރި ގަޑި: 12:39
ސުންގަޑި: 08 ފެބުރުވަރީ 2026 13:00
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ ބެލުމުގެ ދަށުގައިވާ ފަޅުރަށްތައް ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތްތައް ހޯދުން

އިޢުލާނު

 

މިއިދާރާގެ ބެލުމުގެ ދަށުގައިވާ ފަޅުރަށްތައް ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތްތައް ހޯދަން ބޭނުންވެއްޖެއެވެ. މި އިޢުލާނާއި އެކު ފަޅުރަށްތައް ބަލަހައްޓައިދޭ ފަރާތްތަކުގެ ޒިންމާތަކާއި، އެއްބަސްވުމުގައި ހިމެނޭނެ މުހިންމު މަޢުލޫމާތު އަދި ބަލަހައްޓަން އެދޭ ރަށްތަކުގެ ލިސްޓް އާއްމު ކުރެވިފައިވާނެއެވެ.

ވީމާ، ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާނާއި އެކު އެއްކަރުދާސްކޮށްފައިވާ، "ފަޅުރަށް ބެލެހެއްޓުމަށް އެދި ހުށައަޅާ ފޯރމް" މެދުވެރިކޮށް 2026 ފެބުރުއަރީ 08 ވަނަ ދުވަހުގެ 13:00ގެ ކުރިން ހުށައެޅުމަށް ދަންނަވަމެވެ. ފޯރމް އީމެއިލް މެދުވެރިކޮށް ނުވަތަ މިއިދާރާގެ ރިސެޕްޝަނަށްވެސް ހުށައެޅިދާނެއެވެ.

  • ވަގުތީ ގޮތުން ބެލެހެއްޓުން ހަވާލުކުރެވޭ މުއްދަތު: 2 އަހަރު
  • ރަށް ބަލެހެއްޓަމުންދާ ގޮތަށްބަލާ އިޢުލާނު ކުރުމަކާނުލާ މި މުއްދަތު އިތުރުކޮށްދެވިދާނެއެވެ.
  • މި ގޮތަށް އިޢުލާނުކުރުމަކާ ނުލާ މުއްދަތު އިތުރުކުރެވޭނީ ގިނަވަގެން 2 ފަހަރުއެވެ. (ޖުމްލަ 6 އަހަރު)

 

އިތުރު މަޢުލޫމާތު ، ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.

ފޯން:      6540400، 6540424

އީމެއިލް:    [email protected]

ކޮޕީ:      [email protected]

27 ޖަނަވަރީ 2026